ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 14:08
ކަބޯތަކެތި ބޭނުންކުރާ ފަރާތަށް އެތަކެތީގެ އަސްލު އޮޅުންއަރާފަދަ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ވަނީ ފާހަގަކޮށްފައި
ކަބޯތަކެތި ބޭނުންކުރާ ފަރާތަށް އެތަކެތީގެ އަސްލު އޮޅުންއަރާފަދަ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ވަނީ ފާހަގަކޮށްފައި
ޖޯސް އެފް.މޮރީނޯ
ކާބޯތަކެތި އެތެރެކުރުން
އެތެރެކުރާ ކާބޯތަކެތީގައި އަސްލު ލޭބަލްގެ އިތުރުން އެހެނިހެން ލޭބަލް ހުންނަނަމަ ކްލިއަރެންސް ނުދޭނެ
ބޭނުންކުރާ ފަރާތަށް އެތަކެތީގެ އަސްލު އޮޅުންއަރާފަދަ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު އޮންނާނެ
ކާބޯތަކެތީގައި އަސްލު ލޭބަލްގެ އިތުރުން އެހެނިހެން ލޭބަލް ހުންނަ ނަމަ ކްލިއަރެންސް ނުދޭނެ

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގައި އަސްލު ލޭބަލްގެ އިތުރުން އެހެނިހެން ލޭބަލް ހުންނާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖެއަށް އެތެރެކުރާ ބިސްކޯދު ފަދަ ބައެއް ކާބޯތަކެތި، އެހެން އުފެއްދުމެއް ބަންދުކޮށް ވިއްކުމަށް ލޭބަލްކޮށްފައި ހުންނަ ޑަބިޔާ ފަދަ ކޮންޓެއިނަރުގައި އެތެރެކުރާކަން އެ އޮތޯރިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ބަލާއިރު، ވަކި އުފެއްދުމެއް ބަންދުކުރުމަށް ޚާއްޞަކޮށް ލޭބަލް ކޮށްފައި ހުންނަ ކޮންޓެއިނަރުގައި އެހެން އުފެއްދުމެއް ބަންދު ކުރުމަށްފަހު، އެ ލޭބަލްގެ އިތުރުން ފަސޭހައިން ނެއްޓޭ ގޮތަށް އެހެން ލޭބަލެއް ހަރުކޮށްފައި ހުންނަކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެހެންނަމަވެސް، ބަންދުކުރި ކާބޯތަކެތި މިގޮތަށް ލޭބަލްކުރުމަކީ އެ ބޭނުންކުރާ ފަރާތަށް އެތަކެތީގެ އަސްލު އޮޅުންއަރާފަދަ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު އޮތްކަމެއްކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އަދި މީގެ އިތުރުން މިއީ އެފަދަ އުފެއްދުމެއްގައި މައްސަލަ ޖެހިއްޖެ ޙާލަތެއްގައި އެއުފެއްދުމެއް ޓްރޭސް ކުރުމަށް އޮތް ފުރުޞަތު ގެއްލޭނެ ކަމެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ވުމާއެކު، ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެތަކެތި ބަންދުކޮށް ލޭބަލްކުރުމުގައި އެއަށް ޚާއްޞަ ކޮންޓެއިނަރެއްގައި ބަންދުކޮށް ރަނގަޅަށް ލޭބަލް ކުރުމަކީ ވަރަށް މުހިއްމުކަމެއްކަން ފާހަގަކޮށް އެ އޮތޯރިޓީން ވަނީ، އެ ނޫންގޮތަށް ކާބޯތަކެތި ބަންދުކޮށް ލޭބަލްކުރުމަކީ އެ އޮތޯރިޓީގެ "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ޤައުމީ މިންގަނޑާ" ވެސް ޚިލާފުކަމެއްކަން ހަނދާން ކޮށްދީފައެވެ.

ވީމާ، އަސްލު ކޮންޓެއިނަރު ނޫން އެހެން ކޮންޓެއިނަރެއްގައި ބަންދުކޮށް ލޭބަލްކޮށްގެން ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް 15 ފެބުރުވަރީ 2023 ގެ ފަހުން ހެލްތު ކްލިއަރެންސް ނުދޭނެކަން އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

- ކޮމެންޓް