ޖަޕާނުން އެގައުމުގެ އަސްކަރިއްޔާއަށް ކުރާ ޚަރަދު އިތުރުކުރަން ނިންމުމާގުޅިގެން އެކަމަށް އެމެރިކާއިން ތައުރީފުކޮށްފިއެވެ.
ޖަޕާނުން ވަނީ 2027 ވަނަ އަހަރާ ހަމައަށް އެގައުމަށް ދިފާއީ އެކި ކަންކަމުގައި ކުރާ ޚަރަދު ދެގުނައަށް އިތުރުކުރަން ނިންމާފައެވެ.
ޖަޕާންގެ މިނިންމުމާގުޅޭގޮތުން ވާހަކަދައްކަވަމުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވަނީ އެގައުމުގެ ނިންމުމަށް އެމެރިކާއިން ތައުރީފުކުރާކަމަށް، ބުދަ ދުވަހު ވިދާޅުވެފައެވެ.
ބްލިންކެން ވަނީ ޖަޕާނާ އެމެރިކާއާ ދެމެދު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެކަން ވެސް އިއުލާނުކުރައްވާފައެވެ.
ޖަޕާންގެ ބޮޑުވަަޒީރު ފުމިއޯ ކިޝިޑާ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ބައްދަލުވުމުގެ ކުރިން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އާއި ޑިފެންސް ސެކެޓްރީ އަދި ޖަޕާންގެ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ވަނީ ބައްދަލުކުރައްވައި މ،ަޝްވަރާތައް ކުރިއަށްގެންދެވާފައެވެ. ބައްދަލުކުރެއްވުމަށްފަހު މި ހަތަރު ބޭފުޅުން ވަނީ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
އެގޮތުން، އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން ވަނީ އެމެރިކާ-ޖަޕާން ގުޅުމަކީ އެގައުމުން ގެންގުޅޭ އިންޑޯ-ޕެސިފިކް ސިޔާސަތުކަމަށް ވިދާޅުވެފައެވެ.