ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 07:43
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީ ކުރިމަތީގައި މީހަކު ޖާނުން ފިދާވެގެން ހަމަލާއެއްދިނުން
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީ ކުރިމަތީގައި މީހަކު ޖާނުން ފިދާވެގެން ހަމަލާއެއްދިނުން
ގެޓީ އިމޭޖަސް
އަފްޣާނިސްތާން
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީ ކުރިމަތީގައި ޖާނުން ފިދާވެގެންދިން ހަމަލާއެއްގައި އެތައް ބަޔަކަށް އަނިޔާވެ ބައެއްގެ ފުރާނަ ގެއްލިއްޖެ
އާންމުވެފައިވާ ބައެއް ފޮޓޯތަކުން މިނިސްޓްރީގެ ބޭރުގައި ނުވަ މީހުންގެ ފުރާނަނެތް ހަށިގަނޑު ފެންނަން އޮތް
ތާލިބާނުންގެ އިންފޮރމޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ހާދިސާގައި 20 މީހުން މަރުވެފައިވާކަމަށް މައުލޫމާތުދީފައި
ކާބުލްގެ ފުލުހުންގެ އިދާރާގެ ތަރުޖަމާން ވަނީ މި ހަމަލާގައި މަރުވި މީހުންގެ އަދަދަކީ ފަހެއް ކަމަަަށް ކަށަވަރުކޮށްދީފައި

އަފްޣާނިސްތާނުގައި މީހަކު ޖާނުން ފިދާވެގެންދިން ބޮމުގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައްވެ، އެތައްބައެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

ބުދަ ދުވަހުގެ މި ހަމަލާ ދީފައި ވަނީ އެގައުމުގެ ފޮރިން މިނިސްޓްރީ ކައިރީގައި، ހަވީރު 04:00ހާ އިރުއެވެ.

ވެރިރަށް ކާބުލްގެ ފުލުހުންގެ އިދާރާގެ ތަރުޖަމާން، ޚާލިދް ޒަދްރަން ވަނީ މި ހަމަލާގައި މަރުވި މީހުންގެ އަދަދަކީ ފަހެއް ކަމަަަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ތާލިބާނުންގެ އިންފޮރމޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ހާދިސާގައި 20 މީހުން މަރުވެފައިވާކަމަށް މައުލޫމާތުދީފައެވެ.

އާންމުވެފައިވާ ބައެއް ފޮޓޯތަކުން މިނިސްޓްރީގެ ބޭރުގައި ނުވަ މީހުންގެ ފުރާނަ ނެތް ހަށިގަނޑު ފެންނަން އޮތެވެ.

މިނިސްޓްރީގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، ހަމަލާދިން މީހާ ބޭނުންވީ ފޮރިން މިނިސްޓްރީގެ ތެރެއަށް ވަންނަންށެވެ. އެކަން އޭނާއަށް ކާމިޔާބު ނުވިކަމަށް އޮފިޝަލު ފާހަގަކުރިއެވެ.

ހާދިސާ ހިނގި ސަރަހައްދާ ކައިރީގައި ހުރި ހޮސްޕިޓަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ބޮމުގެ ހަމަލާގެ ސަބަބުން 40ށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އ.ދ.، އިނގިރޭސިވިލާތް އަދި ޕާކިސްތާނު ހިމެނެހޭން ގިނަ ގައުމުތަކަކުން ވަނީ މިހަމަލާ ކުށްވެރިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް