ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 22:43
އިވްނިންގ ކެފޭގައި އަލިފާން ރޯވުން
އިވްނިންގ ކެފޭގައި އަލިފާން ރޯވުން
ރާއްޖެއެމްވީ
އިވްނިންގ ކެފޭގައި ރޯވުން
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 9 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ބުދަ ދުވަހުގެ 19:22ހާއިރު
އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ބުދަ ދުވަހުގެ 18:12ހާއިރު

ބުދަ ދުވަހުގެ ރޭ އިވްނިންގ ކެފޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 9 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)އިން ބުނީ، ހާލުގައި ޖެހުނު މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ ހާދިސާ ހިނގި އިވްނިންގ ކެފޭ ކައިރީގައި ހުރި ގެތަކުގައި ދިރިއުޅުނު މީހުންނެވެ. ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ އެއް އާއިލާއަކަށް ނިސްބަތްވާ 6 މީހުންނާއި އެގޭގައި މަސައްކަތްކުރުމަށް ހަރަކާތްތެރިވާ 3 ބިދޭސީންކަމަށް އެން.ޑީ.އެމް.އޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިވްނިންގ ކެފޭގެ އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅެމުންދާ މީހުންނަށް ކެފޭގެ ވެރިފަރާތުން ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.

އިވްނިންގ ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެފްއާރްއެސްއިން ހަރަކާތްތެރިވާން ފަށާފައިވަނީ މިއަދު އިރު އޮއްސުނުއިރުއެވެ. އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ބުދަ ދުވަހުގެ 18:12ހާއިރު ކަމަށެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރޯވެފައި ވަނީ އެ ކެފޭގެ ބަދިގޭގައެވެ.

އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ބުދަ ދުވަހުގެ 19:22ހާއިރުއެވެ. މި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

- ކޮމެންޓް