Advertisement
ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 19:43
އިވްނިންގ ކެފޭގައި ރޯވުން
އިވްނިންގ ކެފޭގައި ރޯވުން
ރާއްޖެއެމްވީ
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން
އިވްނިންގ ކެފޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވެއްޖެ
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރޯވެފައިވަނީ އެ ކެފޭގެ ބަދިގޭގައި

މ. އިވްނިންގ ކެފޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވެއްޖެއެވެ.

މ. އިވްނިންގ ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެފްއާރްއެސްއިން ހަރަކާތްތެރިވާން ފަށާފައިވަނީ މިއަދު އިރު އޮއްސުނުއިރުއެވެ. އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ 18:12ހާއިރު ކަމަށެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރޯވެފައި ވަނީ އެ ކެފޭގެ ބަދިގޭގައެވެ.

Advertisement

ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކޮންޓްރޯލް ކުރެވުނު ނަމަވެސް މި ހާދިސާ ހިނގި ސަރަހައްދުގައި ދުމުގެ އަސަރު ހުރިކަން ފާހަގަކޮށްލެވެއެވެ.

އެ ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާއެއްވީކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް ދުމުގެ އަސަރު ކުރުމުގެ ސަބަބުން ބައެއް އާއްމުންނަށް ސިއްހީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ގިނަ އަަދަދެއްގެ ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް