ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 10:58
ސަލްމާން ޚާނާއި ޝާހް ރުކް ޚާން
ސަލްމާން ޚާނާއި ޝާހް ރުކް ޚާން
ގޫގުލް
ޝާހް ރުކް-ސަލްމާން
ޝާހް ރުކް ޚާންގެ ފިލްމުގައި ވެސް ސަލްމާން ޚާން ފެނިގެންދާނެ
ސަލްމާން އެ ފިލްމުގައި ފެންނާނީ ކޮން ރޯލަކުން ކަމެއް ނޭނގޭ

ކުޑަ އީދާ ދިމާކޮށް ސިނަމާތަކަށް އައިސްފައިވާ ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގައި ޝާހް ރުކް ޚާން ވަނީ ޚާއްސަ ފެނިލުމަކުން ފެނިގެން ގޮސްފައެވެ. ކެމިއޯ ރޯލަކުން ޝާހު ފެނިފައިވަނީ "ޓިއުބްލައިޓް" ގެ ޖާދޫ ހަދާ މީހެއްގެ  ގޮތުގައެވެ.

ޝާހާއި ސަލްމާނަކީ ކުޑައިރުއްސުރެ ދެ އެކުވެރިންނެވެ. އެހެން ކަމުން "ޓިއުބްލައިޓް" އަށް ޝާހް ގެންނަން އޭނާއަށް މާއުނދަގުލެއް ނުވިއެވެ.

"ޓިއުބްލައިޓް" ރިލީޒްކުރުމުގެ ކުރިން އެ ފިލްމުގައި ޝާހްއާ ބެހޭ ގޮތުން ސަލްމާން ބުނެފައި ވަނީ އޭނާ ޝާހަށް ކުރީ އެންމެ ފޯނު ކޯލެއް ކަމަށެވެ. ވަގުތުން އެފިލްމުގެ މަންޒަރެއް ކުޅުމަށް އެއްބަސްވި ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޝާހް ރުކް ޚާން މިހާރު ކުޅެމުންދާ އާނަންދް އެލް ރާއީގެ ފިލްމުގައި މެހެމާނެއްގެ ރޯލު ކުޅުމަށް ސަލްމާން ވަނީ އެއްބަސް ވެފައިވެފައެވެ. އާނަންދް އެލް ރާއީގެ ފިލްމުގެ ޝޫޓިން މިހާރު ފަށައިގެން ކުރިއަށްދާއިރު ސަލްމާންޚާންގެ ޝޫޓިން ފެށުނު ކަމެއް އަދި އެނގިފައެއް ނެތެވެ. މި ފިލްމުގައި ސަލްމާން ޚާންގެ ރޯލާ ބެހޭ ގޮތުން ޝާހު ރުކް ބުނެފައިވަނީ ސަލްމާންގެ ރޯލު ބާއްވާނީ އެންމެ ފަހު ވަގުތާ ޖެހެންދެން ސިއްރެއްގެ ގޮތުގައި ކަމަށެވެ. 

އުމުރުން 51 އަހަރުވެފައިވާ މިދެތަރިންވެސް އެކުގައި ވަނީ ފިލްމުތަކުގައި ފެނިފައެވެ. އޭގެތެރޭގައި " ކަރަން އަރުޖުން" އަދި "ހަމް ތުމާރޭ ހޭ ސަނަމް" ހިމެނެއެވެ. މީގެ އިތުރުން ޝާހު ރުކް އެކްޓްކޮށްފައިވާ "ކުޗްކުޗް ހޯތާހޭ" ގައި ޚާއްސަ ފެނިލުމަކުން ސަލްމާން ޚާން ވަނީ ފެނިގެން ގޮސްފައެވެ.

ޝާހް ރުކް ޚާން އަލަށް ކުޅޭ ފިލްމުގައި އޭނާ ކުޅެނީ ޑުވޯފެއްގެ ރޯލެވެ. އަދި ފިލްމުގެ އެއް ބަތަލާ އަނުޝްކާ ޝަރުމާ ކުޅެނީ ސިކުނޑީގެ އުނިކަމެއް ހުންނަ އަންހެންކުއްޖެއްގެ ރޯލެވެ.

 

 

- ކޮމެންޓް