Advertisement
ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 10:57
ލޯމާ ރިސޯޓް އެންޑް ސްޕާ
ލޯމާ ރިސޯޓް އެންޑް ސްޕާ
ގޫގުލް
ލޯމާ ރިސޯޓް އެންޑް ސްޕާ
މުސާރަ ނުދޭތީ ލޯމާ ރިޒޯޓުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަނީ
ހަޅުތާލު ކުރަން ފެށީ ބުރާސްފަތި ދުވަހު
މުވައްޒަފުން ނިކުމެ ވަނީ ރިސޯޓުން ކަރަންޓް ކަނޑާލާފައި
މުވައްޒަފުން ޑިމާންޑް ކުރަނީ ތިން މަހުގެ މުސާރަ ދޭން

ރ. އަތޮޅު ލޯމާ ރިޒޯޓްގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަން ފަށައިފިއެވެ.

 

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އެރިޒޯޓުގެ މުވައްޒަފުން ބުނީ ވަޒީފާއަށް ނުނިކުމެ ހަޅުތާލު ކުރަނީ ފާއިތުވި ތިން މަހުގެ މުސާރަ ނުދޭތީ ކަމަށާއި އަދި ރޯދަ މަހުގެ އެލަވަންސް ނުލިބޭ ކަމަށެވެ.

 

އެހެންކަމުން މުއައްޒަފުން ޑިމާންޑް ކުރަމުންދަނީ އެއްފަހަރާ ތިން މަހުގެ މުސާރަ އާއި ރޯދަ އެލަވަންސް ދިނުމަށް ކަމަށާއި އެހެން ނަމަވެސް މުވައްޒަފުންގެ ޑިމާންޑާ އެއްގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށް މެނޭޖްމަންޓުން ބުނަމުންދާ ކަމަށް މުވައްޒަފުން ބުންޏެވެ.

 

މިކަމާ ގުޅިގެން ރިޒޯޓް މެނޭޖްމަންޓްގެ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ އެއްވެސް ޖަވާބެއް ދެވެން ނެތް ކަމަށެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފް އެންބީ އާއި ހައުސް ކީޕިން އާއި އިންޖިނިއަރިންގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެއެވެ. އަދި ރިޒޯޓުގައި މިވަގުތު ކަރަންޓް ވެސް ނެތް ކަމަށް މުވައްޒަފުން ބުންޏެވެ.

 

ފާއިތުވި ތިން މަހު ވެސް ރިސޯޓްގެ އޮކިއުޕެންސީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި މިވަގުތު އޮކިއުޕެންސީ ހުރީ 11 އިންސައްތައިގަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް