ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 10:14
 ޖޭސަން ސްޓެތަމް އާއި ރޯޒީ ހަންޓިންގޓަން-ވައިޓްލީ
ޖޭސަން ސްޓެތަމް އާއި ރޯޒީ ހަންޓިންގޓަން-ވައިޓްލީ
ގެޓީ އިމޭޖަސް
ހޮލީވުޑް
ޖޭސަން ސްޓެތަމް އާއި ރޯޒީ ހަންޓިންގޓަން-ވައިޓްލީއަށް ކުއްޖެއް ލިބިއްޖެ
ޖެކް އޮސްކާ ސްޓެތަމް ދުނިޔެއަށް އައިސްފައިވަނީ ޖޫން 24 ގައި
ބައްޕަ ޖޭސަން އަކީ ހޮލީވުޑްގެ މަޝްހޫރު އެކްޝަން ހީރޯއެއް އަދި މަންމަ ރޯޒީ އަކީ މަޝްހޫރު މޮޑެލްއެއް
މިއީ ދެ މީހުންގެ ފުރަތަމަ ދަރިފުޅު

އިނގިރޭސިވިލާތަށް ނިސްބަތްވާ ހޮލީވުޑްގެ މަޝްހޫރު ތަރި ޖޭސަން ސްޓެތަމް އާއި ލޯބިވެރިޔާ ރޯޒީ ހަންޓިންގޓަން-ވައިޓްލީއަށް ފިރިހެން ކުއްޖެއް ލިބިއްޖެއެވެ.

ބުދަ ދުވަހު އިންސްޓްގަރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ރޯޒީ ވަނީ ޖެކް އޮސްކާ ސްޓެތަމް ދުނިޔެއަށް އައިސްފައިވާކަން އިއުލާންކޮށްފައެވެ. އެ ޕޯސްޓްގައިވާ ގޮތުން 8.8 ޕައުންޑްގެ ޖެކް ދުނިޔެއަށް އުފަންވެފައި ވަނީ ޖޫން 24 ގައެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު މޮޑެލް އަދި "ޓްރާންސްފޯމަރސް: ޑާކް އޮފް ދަ މޫން" އާއި "މޭޑް މެކްސް: ފިއުރީ ރޯޑް" އިން ފެނިގެންދާ ރޯޒީ ބަލިވެއިންކަން ވެސް އިއުލާންކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

މޭ މަހު 20 ގައި ބޭބީ ޝަވަރ ބާއްވާފައިވާއިރު، ވިހެެއުމުގެ ކުރިން ދަރިފުޅުގެ ޖިންސު ހާމަ ނުކުރުމަށް ދެ މީހުން ވަނީ ނިންމާފައެވެ.

ޖޭސަންއާއި ރޯޒީ 2010 އިން ފެށިގެން އެކުގައި އުޅުނު ނަމަވެސް ކައިވެނިކުރުމަށް އެންގޭޖްކޮށްފައިވަނީ ޖެނުއަރީ 2016 ގައެވެ. އަދި ބަލިވެއިންކަން އިއުލާންކޮށްފައި ވަނީ ފެބްރިއަރީ 2017 ގައެވެ.

މިއީ ދެ މީހުންގެ ފުރަތަމަ ދަރިފުޅެވެ.

ޖޭސަންއަކީ "ސްނެޗް"، "ދަ އެކްސްޕެންޑަބްލްސް"، "ދަ އިޓާލިއަން ޖޮބް"، "ޓްރާންސްޕޯޓާ" އަދި "ދަ ފާސްޓް އެންޑް ދަ ފިއުރިއަސް" ފަދަ މަޝްހޫރު ފިލްމްތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. 

- ކޮމެންޓް