Advertisement
ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 08:37
 މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
ރާއްޖެއެމްވީ
މެމްބަރު އިމްތިޔާޒު ފަހުމީ
ޕީޕީއެމް މެމްބަރުންނަށް އިމްތިޔާޒް ފަހުމީގެ ވަރުގަދަ މެސެޖެއް!
ޕީޕީއެމްވަނީ ދެ ފެކްޝަނަކަށް ބެހިފައި
ރައީސް މައުމޫނު ފެކްޝަނުންވެސް ވަނީ އިދިކޮޅު ތަކާއެކު ސިޔާސީ މަސައްކަތް ފަށާފަ
ޕީޕީއެމް މެމްބަރުން ގެންދަނީ ވަޒީރުނަނަށް ބަހުގެ ހަމަލާތައް ދެމުން

ހަގީގީ މިނިވަންކަމަކީ "ބިރުން" ސަލާމަތްވެގެންވުންކަން ޕީޕީއެމްގެ މަޖިލީސް މެންބަރުން ދަންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

 

އިމްތިޔާޒު ބުދަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ މަޖިލީސް މެންބަރުން ދަންނަންން ޖެހޭ ކަމަކީ ހަގީގީ ހަމައެކަނި ޖަލަކީ "ބިރުކަން" އަދި ހަގީގީ ހަމައެކަނި މިނިވަންކަމަކީ "ބިރުން" ސަލާމަތްވެގެންވުން ކަމަށެވެ.

އިންތިގެ ވާހަކަ އަމާޒު ކުރައްވާފައިވަނީ ރައީސް ޔާމިން ފަޅީގައި ތިބި މެމްބަރުންނަށް ކަމަށް ބެލެވޭއިރު އިދިކޮޅު ފަރާތްތަކުން ވަނީ އީދު ބަންދަށް ފަހު ބައެއް މެމްބަރުން އިދިކޮޅު ފަރާތްތަކާއި ގުޅޭނެ ކަމަށް ބުނެފައެވެ.

 

ޕީޕީއެމްގެ މެމްބަރުންނަށް އިޝާރާތްކޮށް އިންތި މިހެންވިދާޅުވިއިރު ޕީޕީއެމްގެ މެންބަރުން ގެންދަނީ ސަރުކާރުގެ ވަޒީރުންނާ ނިސްބަތްކޮށް ފާޅުގައި ފާޑު ކިޔަމުންނެވެ.

 

ޕީޕީއެމް ދެ ފެކްޝަނަކަށް ބައިވެ ބައެއް މެމްބަރުން ރައީސް ޔާމިން ފަޅީގައި ތިއްބެވި އިރު ދެންތިބި މެމްބަރުން ތިއްބެވީ ރައީސް މައުމޫނު ފަޅީގައެވެ.

 

ބައެއް މެމްބަރުން އިދިކޮޅު ފަރާތްތަކާއި ގުޅެމުންދާއިރު ރައީސް މައުމޫނު ފެކްޝަނުން ވެސް ވަނީ އިދިކޮޅު ޕާޓީތަކާ އެކު ސިޔާސީ މަސައްކަތް ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް