ކ. މާލެ
|
10 ޖެނުއަރީ 2023 | އަންގާރަ 11:39
ވަސީމް އަކްރަމް ރާއްޖޭގެ ކުޅުންތެރިންނާ ބައްދަލުކުރުމުގެ ތެރެއިން
ވަސީމް އަކްރަމް ރާއްޖޭގެ ކުޅުންތެރިންނާ ބައްދަލުކުރުމުގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް
ޕާކިސްތާނުގެ ވަސީމް އަކްރަމްގެ އިރުޝާދު ދިވެހި ކްރިކެޓަށް
 
ހޯމަ ދުވަހު އެކުވެނި ޓްރެކުގައި ވަސީމް އަކްރަމް ވަނީ ޤައުމީ ކްރިކެޓު ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް، އޭނާގެ ތަޖުރިބާ ހިއްސާކޮށްފައި

ޕާކިސްތާނު ކްރިކެޓު ޓީމުގެ ކުރީގެ ކެޕްޓަން ވަސީމް އަކްރަމް ދިވެހި ކްރިކެޓު ޤައުމީ ޓީމާ ބައްދަލުކޮށްފި އެވެ.

ހޯމަ ދުވަހު އެކުވެޓި ޓްރެކުގައި ވަސީމް އަކްރަމް ވަނީ ޤައުމީ ކްރިކެޓު ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް، އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. ކްރިކެޓް ބޯޑުން ވިދާޅުވީ އެއީ ވަސީމް އަކްރަމް ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް ކުރި ދަތުރެއްގައި، އެ ބޯޑުގެ އެދުމަކަށް ޔޫތު މިނިސްޓްރީން ހަމަޖައްސައިދިން ސެޝަނެއް ކަމަށެވެ. މީގެ އިތުރުން އެ ސެޝަންގެ ސަބަބުން ދިވެހި ކްރިކެޓު ޓީމުގެ ކުޅުންތެރިންނަށް އިތުރު ކަންތައްތަކެއް އެނގިގެން ދިޔަ ކަމަށެވެ. ޚާއްސަކޮށް މުބާރާތްތަކަށް ތައްޔާރުވުމުގައި ގެންގުޅޭނެ ގޮތްތަކާއި، އެހެނިހެން ކަންކަން އޭނާގެ ފަރާތުން އެނގިގެން ދިޔަ ކަމަށެވެ. މީގެ އިތުރުން ކްރިކެޓު ބޯޑުން ވިދާޅުވީ އަންނަ ފެބްރުވަރީ މަހު ތައިލެންޑުގައި އޮންނަ މުބާރާތަކަށް ދިވެހި ޓީމު ތައްޔާރުވަމުން އަންނައިރު، އަކްރަމް ވަސީމް ކަހަލަ ދުނިޔޭގައި އުފެދުނު މޮޅު ކުޅުންތެރިޔެއްގެ ފަރާތުން އެކަހަލަ ސެޝަނެއް ލިބުމުން ކުޅުންތެރިން ވެސް އުފާވާ ކަމަށެވެ.

ވަސީމް އަކްރަމް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދިޔައިރު، އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ވެސް ބައްދަލުކޮށްއެވެ. ޤައުމީ ޓީމުގެ ކުޅުންތެރިންނާއެކު ވަސީމް އަކްރަމް ވަގުތު ހޭދަކުރި ކަމަށްޓަކައި، ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވަނީ އޭނާ އަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް