ކ. މާލެ
|
10 ޖެނުއަރީ 2023 | އަންގާރަ 03:04
އިންޑޮނޭޝިއާ އަށް ބިންހެލުމެއް އައުން
އިންޑޮނޭޝިއާ އަށް ބިންހެލުމެއް އައުން
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
އިންޑޮނޭޝިއާ އަށް ބިންހެލުމެއް އައުން
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ: މޫސުމާއި ބެހޭ ޤައުމީ އިދާރާ
މި ބިންހެލުން އިންޑޮނޭޝިއާއަށް އައިސްފައިވަނީ ހޯމަ ދުވަހުގެ ރޭ، ރާއްޖެ ގަޑިން 22:47 ގައި

އިންޑޮނޭޝިއާގެ އިރުއުތުރު ސަރަހައްދެއްކަމުގައިވާ ޓަނިންބަރ އައިލެންޑްސް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ މި ބިންހެލުން އިންޑޮނޭޝިއާއަށް އައިސްފައިވަނީ ހޯމަ ދުވަހުގެ ރޭ، ރާއްޖެ ގަޑިން 22:47 ކަމަށެވެ. އަދި މިއީ މާލެއާ 6418 ކިލޯ މީޓަރު ދުރުގައިވާ ސަރަހައްދެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި 7.7 މެގްނިޓިއުޑްގެ މި ބިންހެލުމުގެ އަސަރު އޮސްޓްރޭލިއާ ހަމައަށް ކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ ސަރަހައްދީ މޫސުމީ އިދާރާ، ބީކޭއެމްޖީން ވަނީ އެ ގައުމުގެ އެ ސަރަހައްދަށް ސުނާމީއެއްގެ އިންޒާރު ދީ އެ އިންޒާރު އަދި ދަމަހައްޓާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް