Advertisement
ކ. މާލެ
|
10 ޖެނުއަރީ 2023 | އަންގާރަ 02:59
މިކަން ބޮޑަށް ފާހަގަކުރެވޭނީ މާރޗް މަހާއި ހަމައަށް
މިކަން ބޮޑަށް ފާހަގަކުރެވޭނީ މާރޗް މަހާއި ހަމައަށް
ރާއްޖެ އެމްވީ
މި ދުވަސްވަރު ވައި ނުސާފުވުން
މި ދުވަސްވަރު ވައި ނުސާފުވަނީ ހިމާލިޔާ ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރާތީ
ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރު މި މިންވަރު ހުރީ އެވްރެޖްކޮށް 4 ކިލޯމީޓަރަށް ދަށްވެފައި

ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ މި ދުވަސްވަރު ވައި ނުސާފުވަނީ ހިމާލިޔާ ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރާތީކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެފިއެވެ.

އެ އިދާރާ އިން ބުނީ މިކަމުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ. އަދި މިކަން ބޮޑަށް ފާހަގަކުރެވޭނީ މާރޗް މަހާއި ހަމައަށް ކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން އިތުރަށް ބުނީ މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ. އެގޮތުން ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރު ޚާއްސަކޮށް މެދުރާއްޖެތެރޭގެ ސަރަހައްދަށް މި މިންވަރު ހުރީ އެވްރެޖުކޮށް 4 ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ.

Advertisement

ދުރު ފެންނަ ނިސްބަތް ބަދަލުވަމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުމުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެފައިވެއެވެ.

ވައި ނުސާފު ވަގުތުގައި ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން ހިމެނެއެވެ.

ވައިގެ ތެރޭގައި ދައުރުވާ ލޮލަށް ފެންނަވަރުގެ ކުނޑި، ހިރަފުސް އަދި ދުމުގެ އިތުރުން ވައިގެ ތެރޭގައި ދައުރުވާ ލޮލަށް ނުފެންނަ ކުނޑި އަދި ދިޔާ ތަކެއްޗަކީ ނޭވާލުމުގެ ނިޒާމުން ހަށިގަނޑަށްވަދެ ފުއްޕާމެއާއި ހަމައަށް ވާސިލުވެ، ސިއްޙަތަށް ނުރައްކާ ކުރުވާ އެއްޗެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް