ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 06:38
ޔަމަނުގެ ފަސް ޕްރޮވިންސެއްގެ ސިއްހީ ދާއިރާގައި ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައި
ޔަމަނުގެ ފަސް ޕްރޮވިންސެއްގެ ސިއްހީ ދާއިރާގައި ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައި
ގޫގުލް
ޔަމަނުގައި ކޮލެރާ ފެތުރުން
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
ފަސް ޕްރޮވިންސެއްގެ ސިއްހީ ދާއިރާގައި ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ

އިންތިހާއަށް ކޮލެރާ ފެތުރެމުން ދިއުމާ ގުޅިގެން، ޔަމަނުގެ ފަސް ޕްރޮވިންސެއްގެ ސިއްހީ ދާއިރާގައި ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ.

ބުދަ ދުވަހު ޔަމަނުގެ ބޮޑުވަޒީރު، އަޙުމަދު އުބައިދު ބިން ދަގްރް ކުއްލި ހާލަތު އިއުލާނު ކުރައްވާފައި ވަނީ، އަބްޔަނާއި، އަދަނާއި، ލަހީޖާއި، ޟާލިޢާއި، ޝަބްވާގައެވެ. މި ސަރަޙައްދުތަކުގައި ކޮލެރާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްކުރުމެއް ނެތި ސިއްޙީ ފަރުވާ ހޯދުމަށް ބިން ދަގްރް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން މި ޕްރޮވިންސްތަކުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް މިހާރު ރިޕޯޓް ކޮށްފައިވާ ކޮލެރާ ކޭސްތައް ގާތުން ބަލުމަށް، އެ ޕްރޮވިންސްތަކުގެ ސިއްހީ އޮފިޝަލުންނަށް ބިން ދަގްރް ވަނީ އަމުރުކުރައްވާފައެވެ.

ކޮލެރާއާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ ޔަމަނުގައި ކޮލެރާ ފެތުރޭ މިންވަރު ދަށްވަމުންދާކަމުގެ ހެކި ފެންނަން ފަށާފައިވާ ކަމަށް ބުނެފައެވެ.

ވޭތުވެ ދިޔަ ދެ މަސް ދުވަސް ތެރޭގައި ކޮލެރާ ޖެހިގެން ޔަމަނުގައި 1400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް