ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 18:05
ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުން
ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު
ފާއިތުވި ހަފުތާގައި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 2 މީހުން
 
ރާއްޖެއިން މުޅި ޖުމްލަ 185،702 ކޮވިޑް ކޭސް ފެނިފައިވޭ
 
މުޅި ރާއްޖެއިން ޕޮޒިޓިވްވީ 9 މީހުން

ފާއިތުވި ހަފުތާތެރޭގައި މާލެ ސަރަހައްދުން ކޮވިޑް-19ށް ޕްރޮޒިޓިވްވީ 2 މީހުން ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ވަނީ ޖެނުއަރީ 1ން 7ށް ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ހިއްސާކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މި ހަފުތާތެރޭގައި މުޅި ރާއްޖެއިން ކޮވިޑަށް ޕިޮޒިޓިވްވީ 9 މީހުން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 2 މީހުންނާއި، އެހެނިހެން ސަރަހައްދުތަކުން ޕޮޒިޓިވްވި 7 މީހުން ކަމަށެވެ. މީހުން ދިރިއުޅޭ ރަށްރަށުން ކޮވިޑް-19ގެ އެއްވެސް ކޭހެއް ފެނިފައިނުވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 185،702ށް އަރާފައެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 2 މީހަކަށް ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ބަލީގައި މިހާތަނަށް 311 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖެއިން ފެންނަ ކޮވިޑް-19ގެ ކޭސްތައް މިހާރު ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. ފާއިތުވި ހަފުތާގައި މުޅި ރާއްޖެއިން 9 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ކުރީ ހަފުތާތެރޭގައި މުޅި ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 15 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް