Advertisement
ކ. މާލެ
|
28 ޖޫން 2017 | ބުދަ 23:42
މެންބަރު ފައްޔާޒު
މެންބަރު ފައްޔާޒު
ރާއްޖެއެމްވީ
ފަލަސުރުޚީ
އުމަރު ނަސީރަކީ ބޮޑު ސިންގާ ދޮގުވެރިއެއް: ފައްޔާޒު
އުމަރު ނަސީރަކީ އެއްވެސް މީހެއް ނޫން- ފައްޔާޒު
ސިޔާސީގޮތުން ކޮންމެފަދަ ދޮގެއް ހަދަންވެސް އުމަރަށް ކެރިދާނެ ކަމަށް ފައްޔާޒު ވިދާޅުވި
އެމްޑީޕީގެ ލީޝަރޝިޕް އޮތީ އެމްޑީޕީގެ މެންބަރުން ބޭނުންވާ ގޮތަށް

ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރަކީ ސިޔާސީގޮތުން ދޮގު ހެއްދެވިކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ދޮގުވެރިއެއް ކަމަށާއި އެފަދަ މީހަކު ދައްކަވާ ވާހަކައެއްގައި އެއްވެސް ބުރަދަނެއް ހުންނާނެކަމަށް ގަބޫލު ނުކުރައްވާކަަމަށް ގަމު ދައިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދަޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ރިޔާސީ ކެނޑިޑޭޓް އުމަރު ނަސީރު އެމްޑީޕީއާ ގުޅޭ ގޮތުން ދެއްވި ވާހަކަތަކަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އުމަރު ނަސީރަށް މާބޮޑު ރައްދެއް ދެއްވަން ޖެހިވަޑައިގަންނަވާކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ "އެއްވެސް ބޭފުޅެއް ނޫން" ކަމަށެވެ.

" އަޅުގަނޑަށް އެކަން ސާފުވީ، އުމަރު ނަސީރު އަޅުގަނޑު ހަނދާން އެބަރުހި، އުމަރު ނަސީރު އިންނެވި ލޮނު ޒިޔާރަތްކޮޅު، ކުޑަޕާކުގެ އަރިމަތީ ގާގަނޑުގައި ބިލް ބޯޑެއް ހިފަހައްޓައިގެން، 50 އަހަރަށް ރިސޯޓު ވިއްކާލާތީ އިހްތިޖާޖު ކުރައްވަން. އުމަރު ނަސީރު ޕްރައިމަރީގައި ވިދާޅުވި، ރައީސް ޔާމީނަކީ މުޅި މި ރާއްޖޭގައި ހިނގާ ކްރިމިނަލް ސިކުޑިއޭ. ނާރޭ." ފައްޔާޒު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އުމަރު ނަސީރު މަޖިލީހަށް ވަޑައިގެން ދުވަހެއްގައި ޕްރައިމަރީގައި ރައީސް ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވިކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އެދުވަސްކޮޅު މިނިވަން ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި، އެ ވާހަކަތަކަކީ ސިޔާސީ ގޮތުން ދެއްކެވި ވާހަކައެއްކަަމަށް އުމަރު ނަސީރު ވިދާޅުވި ކަމަށާއި ސިޔާސީ ގޮތުން އެކަހަލަ ދޮގެއް ނުހެދޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

" ތިމަންނައާ އެކު ޕާޓީން ޕްރައިމަރީގައި ވާހަދަކުރާ މިހާއާ ގުޅޭ ގޮތުން އެފަދަ ދޮގެއް ނުހެދެނޭނެ. އެއީ ދޮގެއް ކަމަށްވާނަމަ، އެއަށްވުރެއް ބޮޑަށް ލާދީނީ ވެވޭނެތޯ" ފައްޔާޒު ސުވާލުކުރެއްވެވިއެވެ.

ފައްޔާރު ވިދާޅުވީ، މިފަދަ ދޮގު ވާހަކަތައް ސިޔާސީ ވަކި މަޤުޞަދެއް ހާސިލް ކުރުމަށް ދައްކަވާ ބޭފުޅަކު، ސިޔާސީ ގޮތުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަވާފާނެ ކަމާއިމެދު ޝައްކުނުކުރައްވާ ކަމަށެެވެ.

ފައްޔާޒު ވަނީ އެފަދަ ބޭފުަޅަކަށް އެމްޑީޕީ ލާދީނީއޭ ނުވަތަ ހިޞާރުކޮށްގެންނޭ ވިދާޅުވެ، ވާހަކަފުޅު ނުދެއްކެވޭނެ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ލީޑަރޝިޕް އޮތީ އެމްޑީޕީގެ މެންބަރުން ބޭނުންވާ ގޮތަށް ކަން ފާހަގަކުރައްވާ، ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު އެޕާޓީގެ ލީޑަރަކަށް ހުންނަވަނީ އެމަނިކުފާނު ބޭނުންފުޅުވެގެން ނޫން ކަމަށެވެ. އެހެންނަމަވެސް އެއީ އެޕާޓީގެ މެންބަރުން ބޭނުންފުޅުވާގޮތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުންގެ ތާއީދާއި ލޯބި، ރައީސް ނަޝީދަށް އެބައޮތް ކަމަށާއި ރައީސް ނަޝީދަށް އެ ލޯބި ލިބެނީ އެމަނިކުފާނު ކަންކަން ކުރައްވާ ގޮތް އެމްޑީޕީގެ މެންބަރުންނަށް ކަމުދާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ކުރައްވާ ކަންކަން ކަމު ނުދާނަމަ، އެމަނިކުފާނުވެސް އެމްޑީޕީގެ ލީޑަރޝިޕްގައި ނުހުންނަވާނެކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
29 ޖޫން 2017 | ބުރާސްފަތި 15:16
އޯމަރ
އުމަރުގެ ފެންވަރު މިހާރު ރައްޔިތުންނައް އތީ އެގިފަ. އާންނިޔާއި ޒާތީވެގެން އުމަރައް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އުމަރު ރުޅި އަންނަނީ އާންނިޔައް ރައްޔިތުންގެ ލޯބި މާބޮޑައް ލިބޭތީ.