ކ. މާލެ
|
7 ޖެނުއަރީ 2023 | ހޮނިހިރު 22:15
އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން
އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން
އެމްޓީސީސީ
އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢު
އުނގޫފާރު މަގުތަކުގައި ފެން ހިންދާ ޓޭންކު ބަހައްޓައިފި
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 31 އޮކްޓޫބަރު 2021 ގައި
މުޅި މަޝްރޫޢު އެއްކޮށް ނިމޭއިރު ރަށުގެ 17 މަގެއް ތާރުއަޅާ ތަރައްޤީ ކުރެވިގެންދާނެ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން މަގުތަކުގައި ފެން ހިންދާ ޓޭންކުތައް ބަހައްޓާ ނިމިފައިވާކަމަށް އެ މަޝްރޫޢުގެ މަސައްކަތްކުރަމުން އަންނަ އެމް.ޓީ.ސީ.ސީއިން ބުނެފިއެވެ.

އުނގޫފާރު މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 31 އޮކްޓޫބަރު 2021 ގައެވެ.

މި މަޝްރޫޢުގެ ދަށުން ފެން ހިންދާ ޓޭންކް ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ސެޓްލްމެންޓް ޓޭންކު ބެހެއްޓުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 55 އިންސައްތަ ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީއިން ބުނެއެވެ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުގެ މައި 5 މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ.

Advertisement

އޭގެ ތެރޭގައި އެތެރޭގެ 4 މަގަކާއި، ބަނދަރުމަގު ހިމެނެއެވެ. މިއީ 21.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ދަށުން 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އަދި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ

އަލަށް ތަރައްޤީކުރާ މަގުތަކާއެކު މުޅި މަޝްރޫޢު އެއްކޮށް ނިމޭއިރު ރަށުގެ 17 މަގެއް ތާރުއަޅާ ތަރައްޤީ ކުރެވިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް