ކ. މާލެ
|
6 ޖެނުއަރީ 2023 | ހުކުރު 13:48
ޕާކިސްތާނުގެ އާމީ ޗީފް އޮފް ސްޓާފް ސައޫދީ ޑިފެންސް މިނިސްޓަރު އަރިހުގައި
ޕާކިސްތާނުގެ އާމީ ޗީފް އޮފް ސްޓާފް ސައޫދީ ޑިފެންސް މިނިސްޓަރު އަރިހުގައި
ސައުދީގެޒެޓް
ޕާކިސްތާނުގެ އާމީ ޗީފްއޮފް ސްޓާފް ސައޫދީ އަށް
ޕާކިސްތާނުގެ އާމީ ޗީފް އޮފް ސްޓާފް ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފި
 
މިއީ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ޖެނެރަލް މުނީރު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު

ޕާކިސްތާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ކަމާއި އަލަށް ހަވާލުވެވަޑައިގެންފައިވާ ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރު ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި މިނިސްޓަރު މުނީރު ވަނީ ބުރާސްފަތި ދުވަހު ސައޫދީ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާންއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ޕްރިންސް ޚާލިދު ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ކަމާ އާސިމް މުނީރު އަލަށް ހަވާލުވެވަޑައިގެންފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުންތައް އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާއި، ވަކިން ޚާއްސަކޮށް މިލިޓަރީ އަދި ޑިފެންސްގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ދެ ބޭފުޅުންގެ ޝައުގުވެރިކަންހުރި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ އެކި މައްސަލަތަކާބެހޭ ގޮތުން ވެސް މަޝަވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ސައޫދީ އަރަބިއްޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ފައްޔާދް ބިން ހަމަދް އަލް ރުވައިލީ އާއި ދެފަރާތުގެ އިސް ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޕާކިސްތާނުގެ އާމީ ޗީފް އޮފް ސްޓާފްގެ މިދަތުރުފުޅުގައި ބުރާސްފަތި ދުވަހު ސައޫދީ އަރަބަިއްޔާއަށް ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވެފައިވަނީ ވެސް ޕްރިންސް ޚާލިދު ކަމަށް ސައޫދީ ޕްރެސް އޭޖެންސީ އިން ބުނެފައިވެއެވެ.

ޖެނެރަލް މުނީރުގެ މިދަތުރުފުޅުގައި ސައޫދީ އަރަބިއްޔާއަށް ފަހު ޔޫ.އޭ.އީ އަށް ވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެ ދަތުރުފުޅު ނިންމަވާލައްވާނީ ޖަނަވަރީ 10ވަނަ ދުވަހުއެވެ.

މިއީ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ޖެނެރަލް މުނީރު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް