ކ. މާލެ
|
6 ޖެނުއަރީ 2023 | ހުކުރު 12:49
އަހަރީ ޕްލޭން
އަހަރީ ޕްލޭން
އުރީދޫ
އުރީދޫ އަހަރީ ޕްލޭން
އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ "އަހަރީ ޕްލޭން" ތައާރަފުކޮށްފި
މިއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ޕްލޭނެއް
ދުވާލަކު 1 ޖީބީ ލިބޭނެ

އުރީދޫ މޯލްޑިވްސް އިން 2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އަހަރީ ޑޭޓާ ޕްލޭނެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ "އަހަރީ ޕްލޭން"ގެ ނަމުގައި ތައާރަފުކޮށްފައިވާ މި ޕްލޭނަކީ ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްލޭނެއް ކަމަށެވެ.

މި ޕްލޭން ނަގާ ފަރާތްތަކަށް 3000 ރުފިޔާއަށް 365 ޖީބީ ޑޭޓާ ލިބެއެވެ. ކޮންމެ ދުވަހަކަށް ލިބޭނީ 1 ޖީބީ ޑޭޓާ ކަމަށް އުރީދޫއިން ބުނެއެވެ.

"އަހަރީ ޕްލޭން" ފަރުމާކޮށްފައި ވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުން ނުވާ އަދި ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ.

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަހަރީ ޕްލޭން ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް