Advertisement
ކ. މާލެ
|
28 ޖޫން 2017 | ބުދަ 18:45
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ގޫގުލް
ތިމަރަފުށި ދާއިރާގެ މެންބަރު މ
މެންބަރު މުސްތަފާގެ މަންމާފުޅު ނިޔާވެއްޖެ
މެންބަރު މުސްތަފާގެ މަންމާފުޅު ނިޔާވީ ހަވީރު 5.00ގައި
ފަސްދާނުލެއްވުމަށް ހަމަޖެހިފައިވަނީ، މިރޭގެ ފަތިސްނަމާދަށްފަހު

ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ މަންމާފުޅު ނިޔާވެއްޖެއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މެންބަރު މުސްތަފާގެ އާއިލީ ބޭފުޅަކު ވިދާޅުވީ، މުސްތަފާގެ މަންމާފުޅު ނިޔާވީ ބުދަދުވަހުގެ ހަވީރު 5.00 އެހާއިރުކަމަށެވެ.

 

އޭނާ ވިދާޅުވީ، ރޯދައަށް ހުންނަވާ އަސުރު ނަމާދަށްފަހު ވެންނެވީ ކޮޓަރިއަށްކަމަށާއި، އާއްމުގޮތެއްގައި ޓީވީބެއްލެވުމަށްއެކަނި ކޮޓަރީގައި އިންނަވާކަމަށެވެ. އަދި ކޮޓަރިން ނުނިކުންނަވައިގެން ލަސްވެގެން ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލިއިރު، މަރުވެފައިވާކަމަށް އޭނާ ބުންޏެވެ.

މުސްތަފާގެ މަންމާފުޅު މިހާރު އޮންނެވީ ހޮސްޕިޓަލްގައި ނަމަވެސް ކުޑައިރުކޮޅަކުން އާސަހަރާއަށް ގެންދެވޭނެކަމަށް އާއިލާއިން މައުލޫމާތުދެއެވެ. އަދި ކަށުކަމާކެމީގެ ކަންކަމަށްފަހު ފަސްދާނުލެއްވުމަށް ހަމަޖެހިފައިވަނީ، މިރޭގެ ފަތިސްނަމާދަށްފަހުކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

 

މުސްތަފާގެ މަންމާފުޅު އައިޝަތު އަލިމަނިކު މ. ސީވޯލް ނިޔާވިއިރު އުމުރުފުޅަކީ 79 އަހަރެވެ.

މުސްތަފާގެ މަންމަފުޅު ނިޔާވުމާއި ގުޅިގެން  ރައީސް ނަޝީދު ވިދާޅުވީ، ތިމަރަފުށީ ކުޑަދޮހޮއްތުގެ ހުވަފަތް އަނބިކަނބަލުން އާއިޝަތު އަލިމަނިކަކީ އެމްޑީޕީގެ ހިތްވަރުގަދަ ކަނބަލެއްކަމަށެވެ. އެމަނިކުފާނު ވަނީ މަރުހޫމާއަށް ސުވަރުގެ މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެންދުއާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް