Advertisement
ކ. މާލެ
|
28 ޖޫން 2017 | ބުދަ 18:06
މިއަދު މާލޭ ހުޅުމާލެ ފެރީ ޓަރމިނަލް ސަރަހައްދަށް އުދައަރާފައި
މިއަދު މާލޭ ހުޅުމާލެ ފެރީ ޓަރމިނަލް ސަރަހައްދަށް އުދައަރާފައި
ފޭސްބުކް
އުދައެރުން
މާލެއަށް ވަރަށް ބޮޑަށް އުދައަރަން ފަށައިފި
މާލެއަށް އުދައަރަން ފަށާފައިވަނީ މިއަދު ހަވީރު
ރ. އަތޮޅަށް ވެސް އުދައެރި، މޫސުމް ދަނީ ގޯސްވަމުން

މާލެއަށް ވަރަށް ބޮޑަށް އުދަ އަރައިފިއެވެ. މާލެއަށް އުދައަރާފައިވަނީ ބުދަދުވަހުގެ ހަވީރު 4.00 ހާއިރުއެވެ.

 

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ބުދަ ދުވަހު ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދަށް ވަރަށް ބޮޑަށް އުދައެރިކަމަށެވެ. އުދަ އަރަނީ ބޮޑު ދިޔައިގައި ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި، ބުރާސްފަތި ދުވަހުވެސް ހަވީރުގެ ވަގުތުގައި އުދައަރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރާ ގޮތުގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޮޑު ދިޔައިގައި އުދައެރުން އެކަށީގެން ވެއެވެ.

މެޓުން ބުނި ގޮތުގައި ރ އަތޮޅުގެ ބައެއް ހިސާބުތަކަށް އިއްޔެއާއި މިއަދު ވަނީ އުދައިގެ އަސަރުކޮށްފައެވެ. އެހެންނަމަވެސް އެހާބޮޑަށް އުދަ އަރާފައެއް ނުވެއެވެ.

 

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައި ވެއެވެ.

މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ދެކުނާއި ހުޅަނގު ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

 

ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި މިދުވަސްވަރަކީ ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށް ވުމާއެކު، ގިނަ އަދަދެއްގެ ބަޔަކު ކަނޑު މަގުން ދަތުރު ކުރާ ދުވަސްވަރެއްކަމުން، ކަނޑު ދަތުރުފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް