Advertisement
ކ. މާލެ
|
28 ޖޫން 2017 | ބުދަ 15:42
މާލޭ ދެކުނު ފަރާތަށް އުދައަރަނީ
މާލޭ ދެކުނު ފަރާތަށް އުދައަރަނީ
ގޫގުލް
ރާއްޖޭގެ މޫސުން
ރާއްޖޭގެ އެކި ހިސާބަށް އުދަ އެރުން އެކަށީގެންވޭ: މެޓް
އުދައިގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

 

މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ދެކުނާއި ހުޅަނގު ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

 

ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި މިދުވަސްވަރަކީ ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށް ވުމާއެކު، ގިނަ އަދަދެއްގެ ބަޔަކު ކަނޑު މަގުން ދަތުރު ކުރާ ދުވަސްވަރެއްކަމުން، ކަނޑު ދަތުރުފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

ޚާއްޞަގޮތެއްގައި ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށާއި އުޅަނދުތަކުގައި ދަތުރު ވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް