ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 14:09
ފައްޔާޟް އިސްމާޢީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ފައްޔާޟް އިސްމާޢީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ރައްޔިތުންގެ މަޖިލިސް
ޓެކްސްގެ ނަމުގައި މުދަލުގެ އަގު ބޮޑުކުރުން
ޓެކްސްގެ ނަމުގައި މުދަލުގެ އަގު ބޮޑުކުރުމާމެދު ފައްޔާޒް: ޖީއެސްޓީގެ ގޮތުގައި ނަގަންވާނީ ކަނޑައެޅިފައިވާ ވަރު
 
އަސާސީ މުދާ ނޫން މުދަލުގެ އަގު ބޮޑުކުރުމުގެ ހައްގު ވިޔަފާރިވެރިންނަށް އޮންނާނެ ކަަމަށް ފައްޔާޒް ވިދާޅުވި
 
ޓެކްސްގެ ގޮތުގައި ނަގާ އަގު ބޮޑު ނަމަ [email protected]އަށް މެއިލްކުރުމަށް މީރާ އިން އެދޭ

ޖީއެސްޓީގެ ގޮތުގައި ނަގަންވާނީ ޖީއެސްޓީގެ ކަނޑައެޅިފައިވާ އަގު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ 1 ޖެނުއަރީ އިން ފެށިގެން ޖީއެސްޓީގެ ގޮތުގައި ނަގާ އިންސައްތަ ބޮޑުވުމާ އެކު ޓެކްސްގެ ނަމުގައި ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ވިޔަފާރިވެރިން އަގު ނަގާ މައްސަލަ އާއި ގުޅިގެން "ރާއްޖެ އެމްވީ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

1 ޖެނުއަރީން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް އަށް ބަދަލުގެނެސް، ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. އެގޮތުން ޖީއެސްޓީ ނުނަގާ ތަކެތި އަގުބޮޑު ކުރުމާއި، ޖީއެސްޓީގެ ގޮތުގައި އިތުރުވާ މިންވަރަށް ވުރެ ބޮޑު އަގެއް ޖީއެސްޓީގެ ގޮތުގައި ނަގަމުންދާ ކަަމަށް އާއްމުން ދަނީ ބުނަމުންނެވެ.

ފައްޔާޒް ވިދާޅުވީ އަގު ބޮޑު ކުރުމަކީ މަނާ ކަމެއް ނޫން ކަމަށާއި އެއީ ވިޔަފާރިވެރިންނަށް ކުރެވިދާނެ ކަމެއް ކަަމަށެވެ. ނަަމަވެސް ޖީއެސްޓީގެ ނަމުގައި ނެގޭނީ އެ ނަގަން އޮންނަ ވަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އަސާސީ މުދަލުގެ އަގުތައް ފިޔަވައި އެހެން މުދަލުގެ އަގުތައް ކަނޑައެޅުމަކީ ސަރުކާރުން ކޮށް އުޅޭ ކަމެއް ނޫން ކަމަށެވެ. އެ ނޫން އައިޓަމްތަކުގެ އަގު ކަނޑައެޅުމުގެ މިނިވަންކަން ވިޔަފާރިވެރިންނަށް އޮންނާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

މި މައްސަލައިގައި އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އަހުމަދު ޝަރީފް މީގެ ކުރިން ރާއްޖެއެމްވީ އަށް ވިދާޅުވީ މުދަލުގެ އަގު ބޮޑުވެގެން އެކަން މީރާއަށް ނުބެލޭނެކަމަށެވެ. ނަމަވެސް ޓެކްސްގެ ނަމުގައި ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ނަގާނަމަ އެފަދަ ޝަކުވާއެއް ހުށަހަޅައިފި ހާލަތެއްގައި މީރާއިން އެފަދަ ޝަކުވާތައް ބަލާނެ ކަމަށް އޭނާ ވިދާޅުވިއވެެ. އެގޮތުން އެފަދަ ޝަކުވާއެއް އޮތްނަމަ [email protected]ށް މެއިލްކުރުމަށް މީރާ އިން އެދެއެވެ.

މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީ.އެސްޓީ ރޭޓަށް އާދިއްތަ ދުވަހު ގެނައި ބަދަލާއެކު ޖީއެސްޓީ %8ށް ބަދަލުވުމާ ގުޅިގެން އާއްމުން ދަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖީއެސްޓީ ބޮޑު ކުރުމާއެކު އޭގެ އެންމެ ބޮޑު ތަފާތެއް އައީ ކުރިން ވެސް ބޮޑު އަގުގައި ވިއްކަމުން އައި ތަކެއްޗަށް ކަމަށް ވާއިރު އެފަދަ ތަކެތީގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ސާމާނާއި، ހާޑް ވެއާ ތަކެއްޗާއި އަދި ކޮންސްޓްރަކްޝަން ސާމާނު ފާހަގަކޮށްލެވެއެވެ. ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތައަށް ބޮޑު ކުރި ނަމަވެސް، ޖީއެސްޓީ ނުނެގޭ ތަކެތި ހުރެއެވެ. އޭގެ ތެރޭގައި ލޮނާއި، ކިރާއި، ސައިފަތް، ތެޔޮ، ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުށް)، މަހުގެ ބާވަތްތައް، ހަވާދު، ފިޔާ، އަލުވި، މޭވާ އަދި ބައެއް ބާވަތުގެ ތަރުކާރީ އާއި ޕާނާއި ބަނަސް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
ކުލި ކޮންޓްރޯލްނުކޮށް، ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަށް ޤަބޫލުނުކުރަން: ޑްރައިވަރުން
އެއާޕޯޓް ޓެކްސީ ކިއޫގައި މައްސަލަ އުޅޭކަމަށް ދައްކައިގެން ސަރުކާރުން އުޅެނީ ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަންނަން: ޑްރައިވަރުން
މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އައު އަގުތައް ސަރުކާރުން ކަނޑައަޅައިފި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން: މިނިސްޓަރަށް ދަންނަވައިގެންވެސް ހައްލެއްނުވި، ވިދާޅުވަނީ މާދަމާ ވާނެކަމަށް!
އާއްމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަގުތައް ފެންނާނެހެން ބޯޑުތައް ހަރުކޮށް، އެއާޕޯޓުގެ ޓެކްސީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުނަގާ ޓެކްސީ ރިޕޯޓްކުރުމަށް ކިޔުއާރު ކޯޑެއް