ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 11:05
މިޞްރުގެ ތާރީޚާ ގުޅިފައިވާ އާޘާރީ ސަންދޯކެއްގެ މަތިގަނޑު، އެމެރިކާއިން މިޞްރާ ޙަވާލު ކުރުން
މިޞްރުގެ ތާރީޚާ ގުޅިފައިވާ އާޘާރީ ސަންދޯކެއްގެ މަތިގަނޑު، އެމެރިކާއިން މިޞްރާ ޙަވާލު ކުރުން
ރޮއިޓާރސް
އާޘާރީ ސަންދޯކުގެ މަތިގަނޑު
އެމެރިކާއަށް އެތެރެ ކުރި 500 ކިލޯގެ ސަންދޯކު މަތިގަނޑު، އަނބުރާ އޭގެ އަސްލަށް!
 
އެ ސަންދޯކު މަތިގަނޑަކީ، ޤަދީމީ މިޞްރުގެ ދަޢުލަތުގެ އިސް އޮފިޝަލެއްގެ ސަންދޯކުގެ މަތިގަނޑު ކަމަށް ބުނެވޭ
 
އެ މަތިގަނޑުގެ ބަރުދަނުގައި ގާތްގަނޑަކަށް 500 ކިލޯގްރާމް ހުންނަ ކަމަށްވޭ
 
އެމެރިކާއިން މިޞްރާ އެ ސަންދޯކުގެ މަތިގަނޑު ހަވާލުކޮށްފައި ވަނީ ޘަޤާފީ އުފެއްދުންތަކުގެ ޣައިރު ޤާނޫނީ ވިޔަފާރި ހުއްޓުވުމަށް ދޭދޭ ފެންވަރުގައި 2016 އަދި 2021 ގައި އެކުލަވާފައިވާ ފަހުމްނާމާތަކުގެ ދަށުން

މިޞްރުގެ ތާރީޚާ ގުޅިފައިވާ އާޘާރީ ސަންދޯކެއްގެ މަތިގަނޑު، އެމެރިކާއިން މިޞްރާ ޙަވާލު ކޮށްފައި ވާ ކަމަށް މިޞްރުން ހާމަ ކޮށްފިއެވެ.

ފެހި ކުލައިގެ އެ ސަންދޯކު މަތިގަނޑަކީ، ޤަދީމީ މިޞްރުގެ ދަޢުލަތުގެ އިސް އޮފިޝަލެއްގެ ސަންދޯކުގެ މަތިގަނޑު ކަމަށް ޤަބޫލު ކުރެވޭ ކަމަށާ، އެ މަތިގަނޑުގެ ބަރުދަނުގައި ގާތްގަނޑަކަށް 500 ކިލޯގްރާމް ހުންނަ ކަމަށް، މިޞްރުގެ އޮފިޝަލުން ވިދާޅުވެއެވެ.

މި ސަންދޯކަށް ބަލާލީމަ އެބަ އެނގޭ މަތިގަނޑަކާއި އަޑީބައެއް އެބަ އޮތްކަން. ކަށްވަޅު ކޮނެގެން ވައްކަން ކުރާ މީހުންނަށް ރެޔަކާލީ މަތިގަނޑަކީ އެއްތަނުން އަނެއް ތަނަށް އުފުލާ ހަދަން ފަސޭހަ އެއްޗެއްކަން. ގެންދިޔައީ މަތިގަނޑު އެކަނި. އަނެއްބައި އޮތީ ހަމަ އެ ސަންދޯއް އޮތް ސިއްރު ތަނުގަ. އެންމެ ފުރަތަމަވެސް ފެނުނު ތަނުގަ. ފެހި ސަންދޯކުގެ ނަމުން މި ސަންދޯކަށް ނަން ދީފައި ވަނީ، މީގަ ލާފަ ހުރި ކުލައަށް ނިސްބަތް ކޮށް. ޤަދީމީ މީޞްރުގެ މީހުންގެ ދިރިއުޅުމަށް ބަލާއިރު، މި ކުލައިގެ ސަންދޯކަކީ ވަރަށް މަދުން ނޫނީ ނުފެންނަ، އަދި އެހާމަ ހައްސާސީ ކުލައެއްގެ ސަންދޯކެއް.
މުސްޠަފާ ވަޒީރީ؛ މިޞްރުގެ އާޘާރުތަކާ ބެހޭ އިސް އޮފިޝަލު

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިޞްރުގެ ފޮރިން މިނިސްޓަރ ސާމިހް ޝުކްރީ ވިދާޅުވީ، އާޘާރީ ސަންދޯކުގެ މަތިގަނޑު، އެމެރިކާއިން މިޞްރާ ހަވާލުކޮށްފައި ވަނީ ޘަޤާފީ އުފެއްދުންތަކުގެ ޣައިރު ޤާނޫނީ ވިޔަފާރި ހުއްޓުވުމަށް ދޭދޭ ފެންވަރުގައި 2016 އަދި 2021 ގައި އެކުލަވާފައިވާ ފަހުމްނާމާތަކުގެ ދަށުން ކަމަށެވެ.

މި ފެހި ކުލައިގެ ސަންދޯކު މަތިގަނޑު ހޯދާ، މިޞްރަށް އަނބުރާ ގެނެވުމަކީ، ޤައުމީ ތަރިކަ ހިމާޔަތް ކުރަން ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރުމަށް އެޅުނު އާ ފިޔަވަޅެއް. މި ކަމަކީ، ތާރީޚާއި އާޘާރުތައް ހިމާޔަތް ކުރުމުގައި މިޞްރާއި އެމެރިކާގެ ބަދަހި ގުޅުމުގެ ރަމްޒެއް. މިކަން މި ކާމިޔާބު ކުރެވުނީ، 2016 ވަނަ އަހަރާއި 2021 ވަނަ އަހަރު އެކުލަވާލި ފަހުމްނާމާތަކެއްގެ ދަށުން.
ސާމިހް ޝުކްރީ؛ މިޞްރުގެ ފޮރިން މިނިސްޓަރ

ފެހި ސަންދޯކުގެ ބަރު މަތިގަނޑު ލިބުނު ކަމުގައި ވީ ނަމަވެސް، އެ އާޘާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާ ކަމަށް މިޞްރުން ބުނެއެވެ.

ކަން ދިމާކުރި ގޮތުން، މި ސަންދޯކުގެ ބޮޑު ބައެއް މިއޮތީ ހަލާކުވެފަ. ޤަވައިދާ ޚިލާފަށް އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ނަތީޖާ އެއީ. އަހަރަމެން ވިސްނާފަ އޮތީ، މި ސަންދޯއް، ތަހްރީރްގެ ދާރުލްއާޘާރަށް ގެންގޮސް، ސަންދޯއް ސަލާމަތް ކުރުމަށްޓަކާ ކުރެވެން އޮތްހާ ކަމެއް ކުރަން. އެއީ ވަރަށް މުހިންމު ކަމެއް.
މުސްޠަފާ ވަޒީރީ؛ މިޞްރުގެ އާޘާރުތަކާ ބެހޭ އިސް އޮފިޝަލު

ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު އެކަނިވެސް، މިޞްރުން ވަނީ ޤަވައިދާ ޚިލާފަށް އެހެން މަންޒިލްތަކަށް އެތެރެ ކޮށްފައި ވާ، އެ ޤައުމުގެ ތާރީޚާއި އާޘާރުތަކާ ގުޅިފައިވާ 29300 އައިޓަމެއް އަނބުރާ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް