Advertisement
ކ. މާލެ
|
31 ޑިސެންބަރ 2022 | ހޮނިހިރު 21:04
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން
އެމްޓީސީސީ
އެމްޓީސީސީ
އައު އަހަރާ ގުޅިގެން، މިރޭ އެމްޓީސީސީގެ ބަހާއި ފެރީ ދަތުރުތަކުގެ ވަގުތު އިތުރުކޮށްފި
ހުޅުމާލެއިން މާލެއަށް 00:30ގައާއި 1:00ގައި އިތުރު ފެރީ ދަތުރުތަކެއް
މިރޭ ދަންވަރު 2:00އާ ހަމައަށް އެކި ރޫޓުތަކުގެ ބަސް ދަތުރުތައް ވަނީ އިތުރުކޮށްފައި

އައު އަހަރާ ގުޅުވައިގެން މިރޭ މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބަހާއި ފެރީ ދަތުރުތައް ކުރާ ވަގުތު އިތުރުކުރުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މިރޭ ހުޅުމާލެއިން މާލެއަށް 00:30ގައާއި 1:00ގައި އިތުރު ފެރީ ދަތުރުތަކެއް ތަވާލު ކުރެވިފައިވާ ކަމަށެވެ. އާއްމުކޮށް ހުޅުމާލެއިން މާލެއަށް ކުރާ ފެރީ ދަތުރުތައް ކުރަނީ ދަންވަރު 00:00އާ ހަމައަށެވެ.

Advertisement

ފެރީގެ އިތުރުން ބަސް ދަތުރުތަކުގެ ވަގުތުވެސް އިތުރުވާނެއެވެ. އެގޮތުން މިރޭ ދަންވަރު 2:00އާ ހަމައަށް އެކި ރޫޓުތަކުގެ ބަސް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ދަތުރު އިތުރު ކޮށްފައިވާ ބަސް ރޫޓުތައް

  1. އާރް 1: ވެސްޓް ޕާކުން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ދާ ރޫޓު
  2. އާރް 2: ކާނިވަލުން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ދާ ރޫޓު
  3. އާރް 6: ހުޅުމާލެ ދެވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށް ދާ ރޫޓު
  4. އާރް 10: އޯކިޑު ރޫޓު
  5. އާރް 11: އަމީނީ ރޫޓު

އެމްޓީސީސީން ބުނީ މި ދަތުރުތައް އިތުރުކުރަނީ އައު އަހަރުގެ މުނާސަބަތުގައި ބޭއްވޭ އެކި ހަރަކާތްތަކަށް ހުޅުމާލެއަށްދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަން ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް