ކ. މާލެ
|
28 ޖޫން 2017 | ބުދަ 10:56
ރައީސް ނަޝީދާއި ރައީސް މައުމޫން އަދި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ރައީސް ނަޝީދާއި ރައީސް މައުމޫން އަދި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ޓްވިޓަރ
ރައީސް ނަޝީދާއި މައުމޫނު
ހޯރަފުށީ މެމްބަރުގެ ފާޑުކިޔުން ރައީސް ނަޝީދަށާއި ރައީސް މައުމޫނަށް
ރައީސް މައުމޫން މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމަށް
ރައީސް މައުމޫނަކީ މިހާރު ގައުމަށް އިހުލާސްތެރި ބޭފުޅެއް ނޫން
ރައީސް ނަޝީދާއި ރައީސް މައުމޫން ހަތުރުންނަށް ވާނެ ދުވަސް ވަނީ ވަރަށް ކައިރީގައި

ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ކުރީގެ ރައީސް މުހައްމަދު ނަޝޫދަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ގެއްލުނު ފައިސާ ގޯނި ގޯންޏަށް އަޅައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބެއްސެވި ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައިވާ މުހައްމަދު އިސްމާއީލް ރައީސް ނަޝީދާއި ރައީސް މައުމޫންގެ ފޮޓާފުޅަކާއެކު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކޮންމެ ކަމަކަށް ނިމުމެއްވާ ފަދައިން ކިންތަންމެ ހެވިފަ ތިއްބަސް ދެ ހަތުރުންނަށް ވާނެ ދުވަސް ވަރަށް ކައިރި ކަމަށެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ރައީސް މައުމޫން ތަހުނިޔާ ވިދާޅުވެފައި ވާތީ އެކަމަށް ވެސް މުހައްމަދު އިސްމާއީލް ވަނީ ފަޑުވިދާޅުވެފައެވެ. އެގޮތުން މުހައްމަދު އިސްމާއީލް ވިދާޅުވީ ކިތަންމެ ގޯހެއް ހަދަން އަޑީގަ ހުރެގެން ރޭވިޔަސް މި ގައުމުގެ ރައްޔިތުންނަށް މިހާރު ގައުމަށް ރައީސް މައުމޫންގެ އިއހުލާސްތެރި ކަމެއް ނެތްކަން ޔަގީންވާ ކަމަށެވެ.

ވަކިކަމެއް ބޭނުންވެގެން އިލްމީ ގާބިލް ބޭފުޅެއް ހަލާކުވެއްޖެ ކަމަށާއި އަދި ދެއިރު ދެ ދަޅައަށް ވާހަކަ ބަދަލުވެއްޖެ ކަމަށް މުހައްމަދު އިސްމާއީލް ސިފަ ކުރެއްވިއެވެ.

މުހައްމަދު އިސްމާއިމް ވިދާޅުވީ ރައީސް މައުމޫނަކީ ވަރަށް އަމިއްލަ އެދުންބޮޑު ބޭފުޅެއް ކަމަށެވެ. އަދި ކުރިން ދެއްކެވި ވާހަކަފުޅުތައް މިހާރު ބަދަލު ކުރައްވައިގެން އުޅުއްވަނީ ކޮންކަމެއް ހާސިލް ނުވެގެން ކަމަށް ބުނެ ވަނީ ސުވށާލު އުފައްދަވާފައެވެ.

މީގެއިތުރުން މުހައްމަދު އިސްމާއީލް ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތިއްބެވީ ސާބިތުކަމާ އެކު ރައީސް އަބްދުﷲ ޔާމީނުގެ ފަހަތްޕުޅުގައި ކަމަށާއި ނަމަވެސް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅާ ހުންނެވި އަމިއްލަ އެދެމާއެކު އިދިކޮޅުފަރާތްތަކާއެކުގައި ކަމަށެވެ.

މީގެއިތުރުން މުހައްމަދު އިސްމާއީލް ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހު ރައީސް މައުމޫން އެމްޑީޕީ އަށް ތަހުނިޔާ ވިދާޅުވެދާނެ ކަމަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް މިއަދު އެކަން ހިގައިފި ކަމަށެވެ. އަދި މިއީ ދުނިއޭގެ ތާރީހު ބަދަލުވަމުން އަންނަ ގޮތް ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ރައީސް ނަޝީދަށާއި އަދި ރައީސް މައުމޫންނަށް މުހައްމަދު އިސްމާއީލް ފާޑުވިދާޅުވިއިރު ފައިސާ ގޯނީ އުފުލި ކަމަށް ބުނާ މައްސަލާގައި މުހައްމަދު އިސްމާއީލްގެ މައްޗަށް ވަނީ ކޮރޮޕްޝަންގެ ތުހުމަތު ކުރެވިފައެވެ. އަދި ފައިސާ ގޯނި އުފުލި ކަމަށް ވިދާޅުވި ދެއްވި ވާހަކަތައް ތަހުގީގު ކޮށްދިނުމަށް އަމިއްލަ ފަރާތަކުން ފުލުހުންނަށް ވަނީ މައްސލަ ވެސް ހުށަހަޅާފައެވެ.

އެގޮތުން އެ މައްސަލާގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓަރު އަދީބުގެ އަތުން ފައިސާ ނަގައިގެން މަޖިލީހުގެ ބައެއް މެންބަރުންނަށް ބެއްސެވިކަމަށްސަންގު ޓީވީގެ ލައިވް ޕްރޮގްރާމެއްގައި މުހައްމަދު އިސްމާއިލް  ވިދާޅުވފައިވާތީ އާއި އަދި އެ ފައިސާއަކީ، އެމްއެމްޕީއާރުސީގެ ފައިސާކަމަށް ބެލެވޭ ފައިސާކަމަށް ދޭހަވާ ގޮތަށް އަމިއްލަ އިއުތިރާފުން ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުނ މުހައްމަދު އިސްމާއިލް ބެއްސެވިކަމަށް އެ ވިދާޅުވި ފައިސާއަކީ، ކޮންތަނަކުން ލިބުނު ފައިސާއެއްތޯ އާއި، ކޮންފަރާތަކުން ކޮންކަމަކާއި ގުޅިގެން ބަހާފައިވާ ފައިސާއެއްތޯ ބަލައިދިނުމަށް ފުލުހުންނަށް ހުށައަޅާފައިވާ ސިޓީގައި ވަނީ އެދިފައެވެ.

މައްސަލަ ހުށައެޅި ފަރާތުން އެދިފައިވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލައިދިނުމަށެވެ. މައްސަލަ ހުށަހެޅި ފަރާތުން ވަނީ ހެކީގެ ގޮތުގައި، ސަންގު ޓީވީގައި މުހައްމަދު އިސްމާއިލް އެދުވަހު ދެއްކެވި ވާހަކައިގެއޯޑިއޯ/ވީޑިއޯވެސްފުލުހުންނަށްހުށައަޅާފައެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގެ އިތުރުން މުހައްމަދު އިސްމާއިލް ވަނީ، މެންބަރުންނަށް ފައިސާ ބެހީ އޭނާ ކަމަށާއި، އެ ފައިސާ ގޯނި ހިފައިގެން މެންބަރުންގެ ގާތަށް ދިޔައީ "ތިމަންނާ" ކަމަށްދުރަށް ދައްކަމުންދިޔަ މަޖިލީހުގެ ޖަލްސާއެއްގައި ވެސް އަމިއްލައަށްއިއުތިރާފްވެވަޑައިގެންފައެވެ.

އެހެން ނަމަވެސް،މިމައްސަލަތަޙުޤީޤުކޮށްއޭނާއާ މެދުމިހާތަނަށްދަޢުލަތުގެއެއްވެސްމުއައްސަސާއަކުންއެއްވެސްފިޔަވަޅެއްއަޅާފައެއްނުވެއެވެ. އަދި ފުލުހުންނަށް ހުށަހެޅި މައްސަލަ ވެސް އެއީ އޭސީސީން ބަލާ މައްސަލައެއް ކަމަށް ބުނެ ތަހްގީގުނުކުރަން ފުލުހުން ވަނީ ނިންމާފައެވެ.

 

 

 

- ކޮމެންޓް
28 ޖޫން 2017 | ބުދަ 17:19
އަބުލޯ
މުހައްމަދު އިސްމާލާކީ އެއްވެސް ހާލެއްގައި މަލިސްތެރެއިންވެސް އަދި ބޭރުން ވިޔަސް ފައިދާ ހުރި މަސައްކަތެއް ކުރި މީހެއް ނޫން. އެހެނެއް ނޫން އޭނާ ލައްކަ ލާރި މިކަމުން ޖަމާ ކޮށްފި. އޭނާގެ ދުލުންވެސް އެކަން ބުނި. އޭނާ އުޅުނީ އަދީބުގެ ބޯއީ އަކަށް ވެގެން ލާރީގެ ފަހަތުން. ސައިޒް އޮޅިފަ ހުރ މެމްބަރެއްތީ...
28 ޖޫން 2017 | ބުދަ 16:53
ޖައުފަރުބެ
ތިއީ މަޖިލިސް ކެމްޕޭންގައި ރައީސް މައުމޫނު ހޯރަފުއްޓަށް ނުގެންދެވިގެން ރުއި މީހާ ދޯ؟ އެންމެ ފަހުން މައުމޫނުގެ އޯޑިއޯ ކޮޅެއް ރެކޯޑްކޮށްގެން ގޮސް ރަށުގައި ތާޅަފިލި ބަހައްޓައިގެން އެ އަޑު އިއްވާ، ވޯޓު ހޯދި މީހާ ދޯ؟ ރައީސް މައުމޫނަށް މިހާރު އެނގިވަޑައިގަންނަވާނެ ހަރުފައެއް ކިތަންމެ ނިކަމެތިކޮށް އޮތަސް ހަމަ ގަދަވާއިރަށް ލާނީ ވިހަކަން
28 ޖޫން 2017 | ބުދަ 15:00
ގެރިބޯ
ލައްގާފަ އޮތް ގެރިއެއް ކޮނޑަށް ލައިގެން ގެއަށް އައި މީހަކު ރައީސް ނަޝީދަށާ ރައީސް މައުމޫނަށް ފާޑު ކިޔަން ލަދު ކޮބާ؟
28 ޖޫން 2017 | ބުދަ 13:28
ފާތުމަ
ޔާމީނު މައުމޫނަށް ޖެއްސި ހާލާ ޕާތީ ގަދަބާރުން ދަމއި ގަތުމާއި އެންމެ ފަހުން އިށީދެއިން މޭޒޫދޮށުންވެސް ފުލުހުން ފޮނުވައިގެން ކޮށްޕާ ބޭރު ިކުރިކަން ހމުހައމަޑަސް ނޭގުނަސް އެކަން އެނގޭ ވަރަށް ގިނަ ރައްޔިތުން އެބަތިބ،
28 ޖޫން 2017 | ބުދަ 13:18
ހުސޭނު
ުމަކީ ބަރާބަރު ކަމެއް
28 ޖޫން 2017 | ބުދަ 12:56
ފައިސާގޯނި
މިއީ ހަމަ ވަގުތުން ވަގުތައް ހައްޔަރު ކުރަން ޖެހޭ ޤައުމައް ޚައްދާރުވި ކަމައް އެއްބަސް ވެފަހުރި މީހެއް. ހަމަ ބޮޑުވަގެއް ކަމައް އަމިއްލަޔައް އެއްބަސްވީ ޕަބްލިކްމޭޑިޔާގަ މިކަހަލަ ވަގުން ދައްކާވާހަކަ ގަބޫލުކުރާނެ ދިވެހިން ވަރައް މަދުވާނެ. .
28 ޖޫން 2017 | ބުދަ 12:35
ޙައްވަ
ބޮޑު ހޯރަޔާ! ފައިސާ ގޯނި ކޮނޑަށް ލައިގެން މެމްބަރުންނަށް ރިޝްވަތު ދެމުން ދުވީ ޤައުމަށް ހުރި އިޚްލާޞްތެިކަމުގެ ބޮޑުކަމުން. ތިޔަމެމްބަރުކަމާއި އެކަމުން ލިބޭ ޗިޕްސްކޮޅު ކުރިޔަށް އޮތް ދެތިން އަހރުތެރޭގައި ލިބޭތޯ އހަރުމެން ބަލާނަން!