Advertisement
ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 07:11
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން
ރާއްޖެއެމްވީ
މާލީ ރިޕޯޓް ހުށަނާޅާތީ ޕާޓީތައް ޖޫރިމަނާކުރުން
މާލީ ރިޕޯޓު ހުށަނާޅާތީ 7 ޕާޓީއެއް ޖޫރިމަނާކޮށްފި
އީސީން ބުނީ މިއިން ކޮންމެ ޕާޓީއެއް ވިހިހާސް ރުފިޔާ އިން ޖުރުމަނާކޮށް އެކަން އެޕާޓީތަކަށް އަންގާފައިވާކަމަށް
ޖޫރިމަނާކޮށްފައިވަނީ ޢަދާލަތު ޕާޓީ، ޑީއާރުޕީ، އެމްއެންޕީ، އެމްއާރުއެމް، ޕީއެންސީ، އެމްއެސްއެލްޑީޕީ އަދި އެމްޓީޑީ

މާލީ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް، ހުށަހަޅަންޖެހޭ ތާރީޚަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައި ނުވާތީ، ހަތް ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.

އެކަމާއި ގުޅިގެން އީސީން ބުނީ ޖޫރިމަނާކޮށްފައިވާ ހަތް ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރުއެމް)އެވެ. އަދި މިހާރު ސަރުކާރާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ) އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޑީއާރުޕީ އާއި އިދިކޮޅު ޕީއެންސީ އެވެ. މީގެއިތުރުން އެމްއެސްއެލްޑީޕީ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އެވެ.

އީސީން ބުނީ މިއިން ކޮންމެ ޕާޓީއެއް ވިހިހާސް ރުފިޔާ އިން ޖުރުމަނާކޮށް އެކަން އެޕާޓީތަކަށް އަންގާފައިވާކަމަށެވެ.

Advertisement

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައިވަނީ އެއްވެސް ޕާޓީއަކުން ޤާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާނަމަ، ނުވަތަ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ، ވިހިހާސް ރުފިޔާ އާއި ފަންސާސް ހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާކަމަށެވެ.

މީގެކުރިންވެސް މާލީ ރިޕޯޓް ހުށަނާޅައިގެން އީސީން ސިޔާސީ ޕާޓީތައް ޖޫރިމަނާކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް