ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 07:07
ގއ ދެއްވަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ގއ ދެއްވަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އެމްޓީސީސީ
ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު
ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢަކީ 22.79 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެއް

ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން، 440 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 120 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 20,200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ. މި މަޝްރޫޢަކީ 22.79 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.

1386 މީހުންގެ އާބާދީގެ ދެއްވަދޫއަކީ މުރާލި މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އެގޮތުން ރަށުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ 9 އޮޑިފަހަރު އޮންނައިރު، އޮޑިފަހަރު އެހެލާ ބަނުމުގެ މަސައްކަތްކުރާ 2 ހަރުގެ ހުރެއެވެ. ނަމަވެސް މިރަށުގެ ރައްޔިތުން ރަށުގައި ދިރިއުޅެމުން އަންނަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ސަބަބަކީ ދެއްވަދޫގެ ރައްޔިތުންނަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ބަޔަކަށްވުމެވެ.

- ކޮމެންޓް