ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 21:37
ދެކުނު ކޮރިއާގެ ހައިވޭއެއްގައި ހިނގި އަލިފާނުގެ ހާދިސާ
ހައިވޭއެއްގައި އަލިފާނުގެ ހާދިސާއެއް
ދެކުނު ކޮރިއާގެ ހައިވޭއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެގައުމުގެ ވެރިރަށް ސޯލްއާ ކައިރި ހިސާބެއްގައިވާ ސެކަންޑް ޔޮންގިން ހައިވޭގައި
މި ހާދިިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު، ޖީއެމްޓީ ގަޑިން މެންދުރު 01:49 ހާއިރު
މި ހާދިސާގައި ފަސް މީހުން މަރުވެ 40 މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައި

ދެކުނު ކޮރިއާގެ ހައިވޭއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެ 40 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

މި ހާދިިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު، ޖީއެމްޓީ ގަޑިން މެންދުރު 01:49 ހާއިރުއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެގައުމުގެ ވެރިރަށް ސޯލްއާ ކައިރި ހިސާބެއްގައިވާ ސެކަންޑް ޔޮންގިން ހައިވޭގައެވެ.

އެވަގުތު އެސަރަހައްދުގައި ޓްރެފިކް ބާރު ބޮޑުވުމުގެ ސަބަބުން އަލިފާންގަނޑު ރޯވެ ފެތުރެމުންދިޔަ ވަގުތު، މީހުން ސަލަމާތްކުރުމުގައި ގޮންޖެހުތަކާ ކުރިމަތިވިކަމަށް މީޑިއާ ރިޕޯޓުތައް ފާހަގަކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން އަލިފާން ރޯވާން ދިމާވީ، ބަހަކާއި ޓްރަކެއް ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އެސަރަހައްދުގައި ހަރަކާތްތެރިވި އޮފިސަރަކާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގުކުރަމުންދާކަމަށް ބުނެފައެވެ.

މި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، މިހާދިސާގައި ޖުމުލަ 44 އުޅަނދެއް ބޭނުންނުކުރެވޭ ވަރަށް އެއްކޮށް ހަލާކުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް