ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 18:39
ރައީސް ނަޝީދު އެމްޑީޕީ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަނީ
ރައީސް ނަޝީދު އެމްޑީޕީ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
"ޕްރައިމަރީއާ ގުޅޭގޮތުން ރައީސް ނަޝީދާ މަޝްވަރާކުރި، ފެބްރުއަރީގައި ޕްރައިމަރީ ބާއްވަން މަޝްވަރާކުރެވުނު"
ޕްރައިމަރީއަށް އިއުލާންކުރުމުގެ މަރުހަލާ ކުރިއަށްގެންދިޔައީ ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތަށްކަމަށް އެ ޕާޓީން ބުނޭ
ޕްރައިމަރީ އަވަސް އަރުވާލާ ކަމަށް ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީއާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލާއި ޕާޓީގެ އިސް އެހެން ފަރާތްތަކުން މަޝްވަރާކުރައްވާފައިވާ ކަމަށް، އެ ޕާޓީގެ ކުރީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީން މިހާރު އެ ޕާޓީގެ ޕްރައިމަރީ ބާއްވަނީ އަވަސް އަރުވާލައި ކުރުގަޅުވާލައިގެން ކަމަށެވެ. ކުރިއަށް އޮތް ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ޕްރައިމަރީއާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައި ހަސަން ވިދާޅުވީ، އަދި އެމްޑީޕީން ޕްރައިމަރީ ނުބޭއްވިގެން ލަސްވާންޖެހޭ ކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ރައީސް ނަޝީދާއެކު ޕްރައިމަރީ ބޭއްވުމާމެދު މަޝްވަރާކުރެއްވިއިރު އަންނަ ފެބްރުއަރީ މަހު ޕްރައިމަރީ ބޭއްވުމާމެދު ވާހަކަދެކެވުނު ކަމަށާއި، އެކަމާމެދު ވަކި އެއްބަސްވުމަކަށް ނާދެވޭކަމަށް އޭނާ ވިދާޅުވިއެެވެ.

ނަމަވެސް މިހާރު ޕްރައިމަރީގެ ކަންކަން ކުރިއަށްދަނީ ރަނގަޅަށް ނޫންކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ ގިނަ ބަޔަކަށް ވޯޓުލުމަށް ފުރުސަތު ގެއްލޭގޮތަށް އެ ޕާޓީން އަމަލުކުރަމުން ދާކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. ރިޔާސީ ޕްރައިމަރީއަށް އިއުލާނުކުރުމުގެ އެއް މަސް ދުވަސް ކުރިން ރައީސް ސާލިހުގެ ތާއީދު ފޯމުތައް ފުރިކަމަށްވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. ހަސަން ލަތީފް މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވާއިރު، އެމްޑީޕީގެ ބައެއް މެންބަރުން ގެންދަނީ އެ ޕާޓީގެ މެންބަރުންގެ ލިސްޓާއި ޕާޓީ ހިންގާ ގޮތާމެދު ފާޑުކިޔަމުންނެވެ. ނަމަވެސް ޕާޓީގެ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަމުގެ ޔަގީންކަން ޕާޓީގެ ލީޑަރޝިޕުން ދޭކަމުގައި ފައްޔާޒް ވަނީ، ދާދިފަހުން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައިވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ޕްރައިމަރީއަށް އިއުލާން ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތަށް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

- ކޮމެންޓް