ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 07:23
ޤައުމީ ރެކޯޑު އައު ކުރި ޙަނާން
ޤައުމީ ރެކޯޑު އައު ކުރި ޙަނާން
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން
ފެތުމުގެ ޤައުމީ ރެކޯޑެއް ޙަނާން އައުކޮށްފި
ޙަނާން އައުކޮށްފައި ވަނީ އަންހެނުންގެ ލޯންގ ކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް

ފެތުމުގެ ޤައުމީ ރެކޯޑެއް ޒުވާން ފެތުންތެރިޔާ ޙަނާން ޙުސެއިން ޙަލީމް އައުކޮށްފި އެވެ.

ޙަނާން އަކީ ރާއްޖޭގެ މެރަތަން ދުވުމުގެ ލެޖެންޑް ހުސައިން ހަލީމް (ކުޑަ ހުސެއިން)ގެ ދަރިފުޅެވެ. ޙަނާން އައުކޮށްފައި ވަނީ ތައިލަންޑްގައި ކުރިއަށް ދިޔަ ފީޑިންގ ފްރެންޒީ 2022 ފެތުމުގެ މުބާރާތުގައި އަންހެނުންގެ (ލޯންގ ކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑެވެ. ހަނާން މި ރެކޯޑު އައުކޮށްފައިވަނީ 01.18.51 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. ކުރިން މި ރެކޯޑު އޮންނަނީ މިރާލް ޢައިން ލަތީފް އަތުގަ އެވެ. އެއީ މިއަހަރު ކުރިއަށް ދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް 01.20.80 އިން އިވެންޓު ނިންމައިގެންނެވެ.

ތައިލެންޑުގައި ކިޔަވަމުން އަންނަ ޙަނާން ވަނީ މީގެ ކުރިން ވެސް އެތުލެޓިކްސް އިވެންޓުތަކުގައި ވާދަކޮށްފަ އެވެ. ޙަނާން މިހާރު އަންނަނީ ތައިލެންޑުގައި ހުރެގެން ފެތުމުގެ ތަމްރީނުތައް ހަދަމުންނެވެ.

- ކޮމެންޓް