ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 15:34
ގެއްލިގެން ހޯދާ މީހާ
ގެއްލިގެން ހޯދާ މީހާ
މޯލްޑިވްސް ޕޮލިސް ސާރވިސް
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
 
ގެއްލިގެން ހޯދަމުންދަނީ ލ. މާވަށް، ކުންނާރުމާގޭ، 32 އަހަރުގެ މޫސާ އަނީސް

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ބުދަ ދުވަހު ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ ލ. މާވަށް، ކުންނާރުމާގޭ، 32 އަހަރުގެ މޫސާ އަނީސް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އަނީސްގެ ހަބަރެއް ވެފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާގެ އާއިލާ މެންބަރަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އެންމެ ފަހުން އަނީސްއަށް ގުޅުނީ 24 ވަނަ ދުވަހުގެ 10:15 އެހާއިރު އެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް