ކ. މާލެ
|
28 ޖޫން 2017 | ބުދަ 03:19
އައިސިސްގެ ހަނގުރާމަވެރިންތަކެއް: އެމެރިކާއާއި ގުޅިފައިވާ ފައުޖުން ދިން ހަމަލާއެއް ވަނީ ޖަލަކަށް އަމާޒުވެފައި
އައިސިސްގެ ހަނގުރާމަވެރިންތަކެއް: އެމެރިކާއާއި ގުޅިފައިވާ ފައުޖުން ދިން ހަމަލާއެއް ވަނީ ޖަލަކަށް އަމާޒުވެފައި
ގެޓީ އިމޭޖަސް
އައިސިސް
އައިސިސްގެ ޖަލަކަށް ދިން ހަމަލާއެއްގައި 57 މީހުން މަރުވެއްޖެ
ގިނައިން މަރުވީ އާއްމުން
އައިސިސްގެ 15 ހަނގުރާމަވެރިއަކު މަރުވި

އެމެރިކާ އިސްވެ އޮވެ އައިސިސްއާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުން ސީރިޔާގެ އިރުމަތީ އަވަށެއްގައި އައިސިސްއިން ހަދާފައިވާ ޖަލަކަށް ދިން ވައިގެ ހަމަލާއެއްގައި 57 މީހުން މަރުވެއްޖެއެވެ.

ދަ ސީރިއަން އޮބްޒަވޭޓަރީ ފޯރ ހިއުމަންރައިޓްސް އިން ބުނި ގޮތުގައި އަންގާރަ ދުވަހުގެ މި ހަމަލާގައި ގިނައިން މަރުވެފައިވަނީ އަލް މަޔަދީންގެ ރައްޔިތުންނެވެ. އަދި މި ހަމަލާގައި އައިސިސްގެ 15 އަށްވުރެ ގިނަ ހަނގުރާމަވެރިންވެސް މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ސީރިޔާގެ މަސްރަހު ބަލަމުންދާ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުންވެސް ވަނީ މިހަމަލާ ދީފައިޥާ ކަމާއި، ހަމަލާގައި ބަޔަކު މަރުވިކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކަށަވަރުކޮށްދިން ގޮތުގައި މި ހަމަލާ ދީފައިވަނީ އަންގާރަ ދުވަހުއެވެ. ނަމަވެސް ސީދާ ހަމަލާ އަމާޒުވީ އައިސިސްގެ ޖަލަކަށް ކަމެއް އެފަރާތުން ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް