Advertisement
ކ. މާލެ
|
27 ޑިސެންބަރ 2022 | އަންގާރަ 12:32
ކުރީގެ ރައީސް އަބްދުﷲ ޔާމީނު
ކުރީގެ ރައީސް އަބްދުﷲ ޔާމީނު
ރައީސް އޮފީސް
ވ އާރަށު ހިޔާނަތް
ރަށްތައް ދެވޭ އިންވެސްޓަރުންގެ އަތުން އެކި ގޮތްގޮތުން ޔާމީނު ފައިސާ އަތުލަމުން ދިޔަ: ޙުކުމް
ދައުލަތުން ހުށައަޅާފައިވާ އޯޑިއޯތަކުންވެސް އެ ވާހަކަތަަކަށް ބާރު ލިބިދޭ
އެމީހުންނަށް ރަށްތައް ދޫކުރަމުން ދިޔައީވެސް އެކިކަހަލަ މަންފާތަކާއި ފައިސާ ދިނުމަށް ޝަރުތުކޮށްގެން
ޔާމީނު މި އަމަލު ހިންގާފައިވަނީ ރައްޔިތުންގެ މަސްލަަހަތު ނުހަނު ބޮޑަށް ގެއްލިގެންދާ ގޮތަށް

ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދެވޭ އިންވެސްޓަރުންގެ އަތުން އެކި ގޮތްގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފައިސާ އަތުލަމުން ގެންދެވިކަމަށް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީނުގެ މައްޗަށް އުފުލި ދައުވާތަކުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2013 ވަނަ އަހަރުން ފެށިގެން ޓޫރިސްޓު ރިސޯޓު ތަރައްޤީ ކުރުމުގެ އެކި ކަންކަމަށް ރައީސް ޔާމީނު ނުފޫޒު ފޯރުވަމުން ގޮސްފައިވާކަން ހެކިތަކުން އެނގެއެވެ. އެގޮތުން ރަށްތައް ދެވޭ އިންވެސްޓަރުންގެ އަތުން އެކި ގޮތްގޮތުން ފައިސާ އަތުލަމުން ދިޔަ ކަމަށާއި، އެމީހުންނަށް ރަށްތައް ދޫކުރަމުން ދިޔައީވެސް އެކިކަހަލަ މަންފާތަކާއި ފައިސާ ދިނުމަށް ޝަރުތުކޮށްގެންކަން އެނގެން އޮންކަމަށް ޙުކުމުގައިވެއެވެ.

މި މައްސަލައަކީވެސް ހަމައެގޮތަށް ޔާމީނުގެ ގާތް ރައްޓެއްސެއްކަމަށްވާ ޔޫސުފް ނައީމަށް ރަށް ދިނުމުގެ މުޤާބިލުގައި ރިޝްވަތު ދިނުމުން ކޮށްފައިވާ މުއާމަލާތެއްކަން ހެކި ޤަރީނާތަކުން އެނގޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ އޯޑިއޯތަކުންވެސް އެ ވާހަކަތަަކަށް ބާރު ލިބިދޭކަމަށް ޙުކުމުގައި ބުނެއެވެ.

Advertisement

އޭގެ އިތުރުން، ވަކި ރަށްރަށެއްގެ ކަންކަން ވަކި ގޮތަކަށް ކުރުމަށް ރައީސް ޔާމީނު އަންގަވަމުން ގެންދެވިކަމާއި، ރަށްރަށަށް ފައިސާ ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސަންވީ ގޮތާއި، އަމިއްލަ ފަރުދުންނާއެކު ވާން ޖެހޭ އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމާއި، އެކަންކަން އަވަސް ކުރުމަށް ރައީސް ޔާމީނު އަންގަވަމުން ގޮސްފައިވާކަން އެނގެން އޮންނަކަމަށްވެސް ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

އަދި ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވާ ގޮތުގައި ޔާމީނު މި އަމަލު ހިންގާފައިވަނީ ރައީސްކަމުގެ މަޤާމުގައި ހުންނަވައި، ރައްޔިތުންގެ މަސްލަަހަތު ނުހަނު ބޮޑަށް ގެއްލިގެންދާ ގޮތަށެވެ. ވުމާއެކު، އަދަބުގެ އެއް ދަރަޖަ މަތި ކުރެއްވީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް