ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 22:57
ބާސާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި މެސީ
ބާސާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި މެސީ
ގޫގުލް
ޓްރާންސްފާ މާކެޓް
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ
ބާސާ އާއި އެކު މެސީ މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ ޖުލައިމަހު ހަމަވާނެ
ޖުލައި މަހުގެ ތެރޭގައި މެސީ ކޮންޓްރެކްޓް އާކުރާނެ ކަމަށް ބާސާ އިން ބުނޭ

ސްޕެއިނުގެ ގަދަބާރު، ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމުމަކާއި ގާތުގައި ކަމަށާއި، ބާކީ އޮތީ މަޝްވަރާ ކޮށްލަންޖެހޭ ކުދިކުދި ކަންތައްތައް ކަމަށް އެކުލަބުން ބުނެފިއެވެ.

ބޭރުގެ ކުޅިވަރު ޙަބަރު ފަތުރާ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އަންނަ ޖުލައި މަހުގެ ތެރޭގައި މެސީ އާ ކޮންޓްރެކްޓްގައި ސޮއެކުރާނެއެވެ. ނަމަވެސް އެކުލަބުން ފާހަގަ ކުރިގޮތަށް މަޝްވަރާ ކޮށްލަންޖެހޭ ކުދިކުދި ކަންތައްތަށް ހުރުމުން، ކޮންޓްރެކްޓްގެ ސީދާ އަގު އަދި ހާމަ ނުކުރާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ޙަބަރުތަށް ބުނާގޮތުން އާ ކޮންޓްރެކްޓާއި އެކު މެސީ ވެގެންދާނީ މިހާތަނަށް ދިނުޔޭގައި އެންމެ ރަނގަޅު މުސާރައެއް ލިބޭ ކުޅުންތެރިޔާއަށެވެ.

އާ ކޮންޓްރެކްޓާއިއެކު 2021 ވަނަ އަހަރާއި ހަމައަށް މެސީ ކުލަބުގައި މަޑުކުރާއިރު، ކޮންޓްރެކްޓް ހަދާނީ 4 އަހަރަށް ކަމަށާއި ނަމަވެސް އޮޕްޝަން އަހަރެއްގެ ގޮތުގައި އިތުރު އެއް އަހަރު ހުޝައޅާނެ ކަމަށް އެކުލަބުން ވަނީ ބުނެފައެވެ. އެހެންކަމުން އެއްބަސްވުމަކީ ޖުމްލަ 5 އަހަރުގެ އެއްބަސްވުމެއް ނަމަވެސް އެއްބަސްވުމުގެ ފަހު އަހަރު މެސީ ބޭނުންނަމަ އެހެން ކުލަބަކަށް ބަދަލުވުގެ ފުރުސަތު އޮންނާނެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބާސާގެ ރައީސް ޖޯސެފް މާރިއޯ ބާޓަމައު ވިދާޅުވީ، މެސީގެ ކޮންޓްރެކްޓް އާ ކުރުމުގައި މީގެ ކުރިން ޓީމާއި މެސީ އާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އޭނާ އަންނަނި ވަރަށް ގާތުން އެ ކަންތައްތައް ބަލަމުން ކަމަށާއި، އާ ކޮންޓްރެކްޓްގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމުކާއި ގާތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މެސީގެ ބައްޕަ އާއި އެކު ގަވައިދުން ބައްދަލުވުންތަކެއް ބާއްވަމުން އައިސް ދެފަރާތުން ބޭނުންވާގޮތަށް އެއްބަސްވުން ނިންމާލެވޭނެ ކަމަށާއި، މި އެއްބަސްވުމާއިއެކު އަންނަ ސީޒަނުގައި ޓީމުގެ އާ ކޯޗް ވަލްވޭޑޭއަށް ކާމިޔާބީތަށް ހޯދަން ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

އުމުރުން 30 އަހަރުގެ މެސީ މިހާތަނަށް ބާސާގައި 13 ސީޒަން ހޭދަކޮށްފައި ވާއިރު، އޭނާ ވަނީ އެކުލަބަށް 507 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް