Advertisement
ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 22:44
މެންބަރު މުޙައްމަދު އަބްދުލްކަރީމް
މެންބަރު މުޙައްމަދު އަބްދުލްކަރީމް
ޕީޕަލް މެގަޒިން
ފަލަސުރުޚީ
މިއަދު ޝައިނީ، މާދަމާ އިރުތިޝާމްގެ ވާހަކަވެސް މިގޮތަށް ދައްކާނެ: ރުކުމާ
ޕީޕީއެމްގެ މެންބަރުން ސަރުކާރުގެ ވުޒާރާތަކުގައި ހުރި މައްސަލަތައް ފާހަގަކުރޭ
ޑރ ޝައިނީއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ތަހުގީގު ކުރަންޖެހޭ
ދެން ދައްކަނެ ކަމަށް ބެލެވެނީ ޔޫތު މިނިސްޓަރުގެ ވާހަކަ

ޕީޕީއެމްގެ ޕާލިމެމްޓްރީ ގްރޫޕުގެ މެންބަރުން މަޖިލީހުގެ ބޭރުގައި ސަރުކާރުގެ ވުޒާރާތަކާއިމެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާ ކަމަށާއި، ޑރ ޝައިނީ ގޮތަށް ދެން އަޑު އިވިގެންދާނީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްގެ ވާހަކަ ކަަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުލް ކަރީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، މެންބަރު މުޙައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވީ، ޕީޕީއެމްގެ މަހިބަދޫ ދައިރާގެ މެންބަރު އަހްމަދު ތޯރިގް ފޭސްބުކްގައި ހާމަކުރެއްވީ ލައްކަ ވާހަކަ ކަމަށާއި މިފަދަ ގޮތަކަށް އެވާހަކަތައް ހާމަކުރުމުން ތޯރިގަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ރުކުމާ ވިދާޅުވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި މިނިސްޓަރ ޝައިނީއާ ގުޅޭ ގޮތުން ތޯރިގް ތުހުމަތު ކުރެއްވި ކަންކަން، ކަމާ ގުޅޭ މުއައްސަސާތަކުން ތަހުގީގު ކުރަންޖެހޭ ކަމަށެވެ.

މެންބަރު ތޯރިގް އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ރައްޔިތުންގެ ދަތިތައް ހައްލު ނުވެގެން ދިއުމުގެ ޒިންމާ ޑރ. ޝައިނީ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި  މިނިސްޓަރ އެމަގާމުގައި ހުންނަވައިގެން މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާ ދެމެދު ނާޖާއިޒް ގުޅުންތަކެއް އޮންނަ ކަމުގެ ތުހުމަތު ވެސް މެންބަރު ތޯރިގް ކުރެއްވިއެވެ.

ފިޝަރީސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކުގައި ހުރި މައްސަލަތަކާ ގުޅިގެން، އިންސާފުވެރި ތަހުގީގެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ހިންގުމަށް ރުކުމާ ގޮވާލެއްވިއެވެ.

ރުކުމާ ވިދާޅުވީ، މިފަދަ ގޮތްގޮތަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ އިތުރު މެންބަރުންވެސް، ސަރުކާރުގެ އެކި މިނިސްޓަރުންނާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ ކަމަށާއި މިފަދަ ގޮތަކަށް ދެން އެންމެ އަޑު އިވުން ގާތީ ޔޫތު މިނިސްޓަރ އިރުތިޝާމްގެ ވާހަކަ ކަމަށްވެސް ގަބޫލު ކުރެވޭ ކަމަށެވެ.

މި މިނިސްޓަރުންނަކީ ސަރުކާރުގައި ތިބި ފެއިލްވެފައިވާ މިނިސްޓަރުންގެ ގޮތުގައި ރުކުމާ ވަނީ ސިފަކުރައްވާފައެެވެ.

" މަޖިލީހުގެ ތަޅުމުގައި ޖަލްސާގައި ދައްކާވާހަކަތަށް މިދަނީ އަޑުއިވެމުން. އަދި ހަމައެއާކު ޖަލްސާގެ ބޭރުންވެސް، ޕީޕީއެމްގެ މެންބަރުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. އެތަށް މިނިސްޓްރީއަކަށް އެކަން ބެހިފައި ވަނީ. މިއަދު ޑރ ޝައިނީއާ ގުޅޭ ގޮތުން މެންބަރު ތޯރިގް ދެއްކިވާހަކަ މާދަމާ އަޅުގަނޑަށް ހަމަޔަގީން ޒުވާނުންގެ މިނިސްޓަރ އިރުތިޝާމް އާދަމް އާ ދެކޮޅަށްވެސް ބުނާނެ. މިއީ އަޑުއިވިފައި ހުރި ވާހަކަތައް" ރުކުމާ ވިދާޅުވިއެވެ.

ރުކުމާ ވަނީ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް ސިއްހީ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކަރެކްޝަނުން ނުކުރާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

"އަދީބުގެ ބޭސްފަރުވާގެ މައްސަލައިގައި ކޮޅެއް މެދެއް ފެނިފައެއްނުވޭ. ފުލުހުންގެ އިތުރުން ކަރެކްޝަންސްވެސް އަދި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް އެެއްވެސް އަލިމަގެއް ފެނިފައެއް ނެތް" ރުކުމަ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީއަށް މިފާއިތުވެދިޔަ 12 އަހަރުގެ ތެރޭގައި ލިބުނު ކުރިއެރުންތައްވެސް ރުކުމާ ފާހަަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް