ކ. މާލެ
|
26 ޑިސެންބަރ 2022 | ހޯމަ 07:10
ދަ އިޔާރ 2045 އިފްތިތާހުކުރުން
ދަ އިޔާރ 2045 އިފްތިތާހުކުރުން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ދަ އިޔާރ 2045
ދަރިވަރުންގެ ނަޒަރުގައި 2045 ވަނަ އަހަރު އޮންނާނެ ގޮތުގެ ފޮތެއް ނެރެފި
މިއީ ދަ ސަރކަލްގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތް

ދަރިވަރުން 2045 އަށް ކުރާ އުއްމީދުތަކާއި ދުނިޔެ އޮންނާނެ ތަސައްވަރު ދައްކުވައިދޭ ފޮތް 'ދަ އިޔާރ 2045' އިފްތިތާހުކޮށްފިއެވެ.

މި ފޮތުގެ ހުރިހާ މަސައްކަތަކީ ވެސް އުގައިލް ފައުންޑޭޝަނާއި އެޗްޑީސީގެ ފަރާތުން ހިންގާ "ދަ ސަރކަލް"ގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތެވެ. މި ފޮތް އިފްތިތާހު ކޮށްދެއްވާފައިވަނީ އެޗްޑީސީގެ މެނޭޖިންގެ ޑިރެކްޓަރު އަހްމަދު އާތިފުއެވެ.

ދަ ސަރކަލް އަކީ ކުޑަކުދިން އަދި ބޮޑެތިމީހުންގެ ވިސްނުން ތަރައްޤީކޮށް, އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަޤުޞަދުގައި ހިންގާ އެކަޑަމީއެކެވެ.

ދަސަރކަލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑަރސް އޮފް ޓުމޯރޯ, ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިންގ, އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެއެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ބައިވެރިންނަށް އައު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން, ބައިވެރިންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ބޭނުންކުރެވޭނެފަދަ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުމެވެ.

- ކޮމެންޓް