ކ. މާލެ
|
25 ޑިސެންބަރ 2022 | އާދީއްތަ 07:08
ޖުޑީޝަރީ ފޯރ ޖޫނިއަރގެ ބައިވެރިން
ޖުޑީޝަރީ ފޯރ ޖޫނިއަރގެ ބައިވެރިން
ޖޭއެސްސީ
ޖުޑީޝަރީ ފޯރ ޖޫނިއަރ
ޝަރުއީ ދާއިރާއަށް ޒުވާނުން ނެރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފި
މިއީ 8 ދުވަހަށް ކުރިއަށްދިޔަ ޕްރޮގްރާމެއް
މި ދާއިރާއަށް ޒުވާނުން ނެރުމަށް މަސައްކަތްކޮށްފައިވޭ

ޝަރުއީ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށް އެ ދާއިރާއަށް ނުކުންނަ ޒުވާނުންގެ އަދަދު އިތުރުކުރުމަށް ކުރިއަށްގެންދިޔަ "ޖުޑީޝަރީ ފޯރ ޖޫނިއަރ" ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ ޑިސެމްބަރު 17 ވަނަ ދުވަހުއެވެ. 8 ދުވަހުގެ މުއްދަތަކަށް މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާއިރު މި ޕްރޮގްރާމުގައި ޒުވާނުން ޖުޑީޝަލް ދާއިރާއަށް ޝައުގުވެރިވާ މިންވަރު އިތުރުކޮށް، އެ ދާއިރާގެ ތެރެއަށް ވެއްދުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މިއީ ޖޭއެސްސީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގުމަށް ބްރިޓިޝް ހައިކޮމިޝަނުންވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ދީފައިވެއެވެ. މި ސެޓްފިކެޓުތައް ބައިވެރިންނާ ހަވާލުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، ޔޫއެންޑީޕީގެ ރާއްޖޭގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އެންރީކޯ ގަވެގްލިއާއެވެ.

މިއީ ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

- ކޮމެންޓް