ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 18:36
ނެޓްބޯޅަ ގައުމީ މުބާރާތުގެ ތެރެއިން
ނެޓްބޯޅަ ގައުމީ މުބާރާތުގެ ތެރެއިން
ރާއްޖެ އެމްވީ
ނެޓްބޯލް
ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަސްކޮށްފި
ކުރިން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިއޮތީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު
މުބާރާތް ފަސްކުރީ އިންޑޯގައި މުބާރާތް ބާއްވަން ބޭނުންވާތީ ކަމަށް އެސޯސިއޭޝަނުން ބުނޭ

އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް، އޯގަސްޓް މަހުގެ 1 ވަނަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ.

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަންގާރަ ދުވަހު އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ، އެ އެސޯސިއޭޝަނުން ރާވާ އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2017" މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި މުބާރާތް ފަސްކުރަން ނިންމީ، ކުރިއަށް އޮތް އިންޓް ސްކޫލް މުބާރާތާއި، އިންޓަރ ކޮލެޖް މުބާރާތަށް ފަހު، އިންޑޯގައި މުބާރާތް ބާއްވަން ބޭނުންވާތީއެވް.

އަންހެން އަދި ފިރިހެން ޑިވިޜަން ވަކިން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކުރިން ބައިވެރި ވެވޭގޮތަށް އޮތީ 13 ޖުލައި 2017 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޝަނާރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކުލަބު/ ޖަމްއިއްޔާ ތަކަށެވެ. ނަމަވެސް މުބާރާތް ފަށާ ތާރީހު ފަސް ކުރުމާއި އެކު ބައިވެރި ވުމުގެ ޝަރުތަށް ކަނޑައަޅާފައިވާ ތާރީހަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އެސޯސިއޭޝަނުން އާންމު ކުރި އިއުލާނުގައި ވާގޮތުން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޝަނާރ އޮފް ސްޕޯޓްސް ގައި ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކުލަބުތަކަށް މުބާރާތުގައި ބައިވެރި ވެވޭނެއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން، އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ބައިވެރިވާން އެދޭ ފޯމާއި، ޓީމް ލިސްޓް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެއިލްއަށް ފޮނުވުމަށް އެއިދާރާއިން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް