ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 13:13
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަން
އިސްލާމީ ވަހުދަތު ގާއިމުކުރުމަށް އުއްމަތުގެ މަސްލަހަތު އިސްކުރަންޖެހޭ: ޚުތުބާ
އިސްލާމީ ވަހުދަތު ގާއިމުކުރަން މަސައްކަތްކުރަންޖެހޭ
އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަކުރަންޖެހޭ
ދަރިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖައްސަން މަސައްކަތް ކުރުން މުހިންމު

އަހަރުމެންގެ މެދުގައި އިސްލާމީ ވަހުދަތު ގާއިމުކުރަން ބޭނުންވާނަމަ އަމިއްލަ މަސްލަހަތުތަކާއި ދުންޔަވީ މަންފާތަކަށްވުރެ މުޖުތަމައާއި ގައުމާއި އުއްމަތުގެ މަސްލަހަތު އިސްކުރަންޖެހޭކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަމުގެ މުހިންމުކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނުގެ އިރު ދުނިޔޭގެ މައްޗަށް އަރައި، އަލިވެ އުޖާލާވެ، ބަބުޅައިގަތީ އިސްލާމީ ވަހުދަތުގެ ސަބަބުން ކަމަށެވެ.

އެގޮތުން މި ވަހުދަތު ގާއިމުކުރުން މުހިންމު ކަމަށާއި، މިކަން ކުރުމަށް އިސްލާމީ ރިވެތި އަޚުލާގުން އަހަރުމެން ޒީނަތްތެރި ވާންޖެހޭކަމަށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އަޅާލައި، އެކުވެރިކަން ގާއިމުކޮށް، ދެބަސްވުންތަކާއި އަރައިރުންތަކުން ދުރުހެލިވާންޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ބަދުރު ހަނގުރާމައިގައި މާތްﷲ މުސްލިމުންނަށް ދެއްވި ނަސްރާއި ކާމިޔާބީއާ ވިދިގެން، އެ ހަނގުރާމައިގައި ލިބުނު ޣަނީމާ މުދާ ބަހާނެ ގޮތަކާމެދު މުސްލިމުންގެ މެދުގައި ދެބަސްވުންތަކެއް އުފެދުނެވެ. އެއިރު ޣަނީމާ ބަހާނެ ގޮތުގެ ހުކުމްތައް ޝަރުއެއް ނުކުރައްވައެވެ
ހުކުރު ޚުތުބާ

އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން އިސްލާމީ އުންމަތުގެ ވަހުދަތުގައާއި އެއްބަނޑުއެއްބަފާކަމުގެ ގެތުންތަކުގައި އެބަހުރިކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަކުރުން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ދެވަނައަށް ކުރަންޖެހޭ ކަމަކީ މުސްލިމުންގެ ހިތްތަކުގައި އޯގާވެރިކަމާއި، ކުލުނުވެރިކަމާއި، ހިތްހެޔޮކަމުގެ ޝުއޫރު އާލާކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިކަމާ އަރާރުންްވެދާނެ ކޮންމެ ކަމަކާ ދުރުހެލިވާންޖެހޭ
ހުކުރު ޚުތުބާ

ދަރިންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމާއި، އެ ދީން ގެނެސްދިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި ވަހުދަތު ދަރިންނަށް ދަސްކޮށްދީ، އެގޮތުގެ މަތީ އެކުދިން ތަރުބިއްޔަތު ކުރުމަކީ ބެލެނިވެރިންނާއި، އެދުރުންގެ މަސްއޫލިއްޔަތެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ގޮވާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް