ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 07:46
ސިޓީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ހާލާންޑް އުފާފާޅުކުރަނީ
ސިޓީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ހާލާންޑް އުފާފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ލީގު ކަޕް
ވާދަވެރި މެޗެއްގައި ލިވަޕޫލް ބަލިކޮށް، ލީގު ކަޕްގެ ގަދަ އަށަކަށް މެންޗެސްޓަރ ސިޓީ
ލިވަޕޫލުން ދެފަހަރު ނަތީޖާ ހަމަހަމަކުރި

ވާދަވެރި މެޗެއްގައި, ވާދަވެރި ލިވަޕޫލް ބަލިކޮށް އިނގިރޭސި ލީގުކަޕްގެ ގަދަ އަށަކުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފިއެވެ. ދެފަހަރު މަތިން ލިވަޕޫލުން ނަތީޖާ ހަމަހަމަކުރި މެޗު ސިޓީން ކާމިޔާބުކުރީ 3-2 ނެވެ.

މެޗުގައި ފުރަތަމަ ސިޓީން ކުރި ހޯދީ 10 ވަނަ މިނެޓުގައި ހާލާންޑް ޖެހި ލަނޑުންނެވެ. މިއީ ސީޒަންގައި އޭނާގެ 24 ވަނަ ލަނޑެވެ. އެކަމަކު އޭގެ ނުވަ މިނެޓުފަހުން ލިވަޕޫލްގެ ފަބިއޯ ކަވާލިއޯ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްދިނެވެ. ސިޓީން ދެވަނަ ފަހަރަށް ކުރިހޯދީ 47 ވަނަ މިނެޓުގައި ރިޔާދު މާރޭޒް ޖެހި ލަނޑުންނެވެ. އެލީޑް ދެމިއޮތީ މިނެޓަކަށެވެ. ލިވަޕޫލުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ ހަމަހަމަކޮށްދިނީ މިސްރުގެ ފޯވާޑް ސަލާހުއެވެ. ސިޓީ މެޗުން މޮޅު ކޮށްދިން ނެދަލެންޑްސްގެ ޑިފެންޑަރު ނަތަން އަކޭއެވެ. މިއީ އޭޕްރީލްގެ ފަހުން އަކޭ ޖެހި ފުރަތަމަ ލަނޑެވެ. މެޗުގައި ސިޓީގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބުރައިނާއެވެ.

ކްއާޓާ ފައިނަލްގައި މެންޗެސްޓަރ ސިޓީ ވާދަކުރަން ޖެހޭނީ ސައުތްހެމްޓަންއާއެވެ. އެމެޗު ކުޅޭނީ އަންނަ ޖެނުއަރީ މަހުގެ 9 ގައެވެ.

- ކޮމެންޓް