Advertisement
ކ. މާލެ
|
22 ޑިސެންބަރ 2022 | ބުރާސްފަތި 10:50
މިއަދުގެ ރީތީ ތާރީޚުގައި ގިނަ ކައިވެނިތަކެއް
މިއަދުގެ ރީތީ ތާރީޚުގައި ގިނަ ކައިވެނިތަކެއް
ފެމިލީ ކޯޓު
ފެމިލީ ކޯޓު
މިއަދުގެ ރީތީ ތާރީޚުގައި ގިނަ ކައިވެނިތަކެއް، ފެމިލީ ކޯޓު ބޭރުގައި ޓެންޓު ޖަހާފައި
މި ތާރީޚުގައި ފެމިލީ ކޯޓުގައި ޖުމްލަ 58 ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވޭ

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަސް (22.12.2022) ގައި ފެމިލީ ކޯޓުގައި ގިނަ ބަޔަކު ކައިވެނި ކުރުމަށް ހަމަޖެހިއްޖެއެވެ.

ފެމިލީ ކޯޓުން ބުނީ، 22 ޑިސެންބަރު 2022 ގައި ފެމިލީ ކޯޓުގައި ގިނަ އަދަދެއްގެ ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވުމާއެކު، ކޯޓަށް ދުރުވާ ބޭފުޅުންނަށް ލުއިފަސޭހަ ކޮށްދީ، އަވިން ސަލާމަށްވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ މަޤްޞަދުގައި ކާވެނި ޑިވިޜަންގެ މަގާވީ ފަރާތުގައި އެ ކޯޓުން ވަނީ ޓެންޓު ޖަހާފައެވެ. އަދި އިށީނދެގެން ތިބެވޭނެހެން ގޮނޑިބަރި ވަނީ ޖަހާފައެވެ.

ފެމިލީ ކޯޓުން މައުލޫމާތު ދޭ ގޮތުގައި މި ތާރީޚުގައި ފެމިލީ ކޯޓުގައި ޖުމްލަ 58 ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރެއިން 25 ކާވެނި ރަސްމީ ގަޑީގައި ކޯޓުގައި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު 33 ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ނުރަަސްމީ ގަޑީގައެވެ.

މިހިނގާ ޑިސެމްބަރު މަހުގެ 16ން ފެށިގެން، 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓު އޮތީ ރިސެސްގައެވެ. އެހެންނަމަވެސް، ރިސެސްގެ މުއްދަތުގައިވެސް ކައިވެނި ކޮށްދޭނެކަމަށް ފެމިލީ ކޯޓުން މައުލޫމާތު ދެއެވެ.

Advertisement

ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ބައެއް ފަރާތްތަކުން ކޮށްއުޅޭ ކަމެކެވެ. އެގޮތުން 2.2.2022ގެ ތާރީޚަށް ބަލާއިރު، ފެމިލީ ކޯޓުން 39 ކާވެނި އަގުދުކޮށްދީފައިވެއެވެ.

މީގެކުރިން ބައެއް ބަންދު ދުވަސްތަކުގައި ކައިވެނި ކޮށެއް ނުދެއެވެ. އަދި އަހަރުގެ ބައެއް ރީތި ތާރީޚުތަކުގައި ވެސް ކައިވެނިކޮށެއް ނުދެއެވެ. އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށްދޭ ގޮތަށް ހަމަޖެއްސީ މި އަހަރުން ފެށިގެންނެވެ.

ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 9:00އިން ފެށިގެން މެންދުރު 11:30އަށެވެ. އަދި މެންދުރު 1:00އިން 2:00އަށެވެ. ކޯޓުން ބޭރުގައި ކައިވެނި ކުރާނަމަ ހަވީރު 4:00އިން ފެށިގެން ރޭގަނޑު 9:30އާ ހަމައަށް ކައިވެނިކޮށްދެއެވެ.

ކޮވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ކުރީކޮޅު ބައެއް ކައިވެނިތައް ކޮށްދިނީ އޮންލައިންކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް