Advertisement
ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 13:17
އއ. ރަސްދޫ މަސްވެރިންގެ ބަޔަކު ޑރ. ޝައިނީ އާ މެދު ހިތްހަމަ ނުޖެހިގެން ޝުއޫރު ފާޅު ކުރަނީ (ފައިލް)
އއ. ރަސްދޫ މަސްވެރިންގެ ބަޔަކު ޑރ. ޝައިނީ އާ މެދު ހިތްހަމަ ނުޖެހިގެން ޝުއޫރު ފާޅު ކުރަނީ (ފައިލް)
ޓްވިޓަރ
ޝައިނީއަށް ބޮޑު ތުހުމަތެއް
މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ޝައިނީ އިސްތިއުފާ ދެއްވުން: ތާރިގް

ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާ ދެމެދު  ނާޖާއިޒް ގުޅުންތަކެއް އޮންނަ ކަމުގެ ތުހުމަތު ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ މަހިބަދޫ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު އަހްމަދު ތާރިގް ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގެ ޒަރީއާއިން ތާރިގް ހާމަކުރެއްވި ބަޔާނެއްގައި އެތައް ކަމެއްގައި ޑރ. ޝައިނީ ފެއިލްވެ ވަޑައިގެންފައިވާ ކަން ފާހަގަ ކުރައްވަމުން ތާރިގް ވިދާޅުވީ، ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާ މިނިސްޓަރާ މެދެދު ޖާއިޒް ނޫން ގުޅުންތަކެއް އޮންނަ ކަމަށް ގިނަ ފަރާތްތަކުން ބުނަމުން ދާ ކަމަށެވެ.

ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާ މިނިސްޓަރ އާ ދެމެދު "ޖާއިޒް ނޫން" ގުޅުން ތަކެއް އޮންނަ ކަމަށް ގިނަ އަދަދެއްގެ މަސްވެރިން ދެކޭ" ތާރިގްގެ ބަޔާނުގައި ވެއެވެ.

ތާރިގްގެ މި ތުހުމްތުތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޝައިނީގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތް ފޯނު ނުނަންގަވާތީ ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި މެސެޖް ކުރުމުން ޖަވާބު ދެއްވީ ހިނިފުޅުވަޑުވައިލުމަކުންނެވެ.

 ސަރުކާރުގެ ވަޒީރަކަށް  މިފަދަ ތުހުމަތުތަކެއް ސަރުކާރުގެ މެންބަރަކު ކުރައްވާފައި މި ވަނީ ޕީޕީއެމްގެ މަޖިލިސް މެންބަރުން އިދިކޮޅު ފަރާތްތަކާ ގުޅެމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް