Advertisement
ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 12:48
މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް
މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް
މަޖިލިސް
އެމްޕީ ތޯރިގް
މިނިސްޓަރު ޝައިނީ އިސްތިއުފާ ދެއްވުމަށް ޕީޕީއެމް މަޖިލިސް މެމްބަރު ތޯރިގް ގޮވާލައްވައިފި
ސަރުކާރުގެ މަސްވެރިކަމުގެ ވައުދުތައް ނުފުއްދޭ
ޑރ. ޝައިނީ މިނިސްޓަރުކަމުގައި ހުންނަވައިގެން މަސްވެރިންނަށް ދިމާވެފައިވާ މަސަލަތައް ހައްލެއް ނުވާނެ
މާލީއްޔަތު ގަވައިދާ ހިލާފަށް އެތައް ކަމެއް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވޭ

ފިޝަރީޒް މިނިސްސްޓަރު  މުހައްމަދު ޝައިނީ މަގާމުން އިސްތިއުފާ ދެއްވުމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ގޮވާލައްވައިފިއެވެ.

ތޯރިގް އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ރައްޔިތުންގެ ދަތިތައް ހައްލު ނުވެގެން ދިއުމުގެ ޒިންމާ ޑރ. ޝައިނީ ނަންގަވަން ޖެހޭނެ ކަމަށެވެ.

ތޯރިގް ވިދާޅުވީ ޑރ. ޝައިނީ އިތުރަށް ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "ބެޔަސް ނުބެޔަސް" ސިޔާސަތު ތިން އަހަރު ވީއިރު ވެސް ކާމިޔާބް ވެފެއިނުވާއިރު މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާ ބެހޭ ރެގިޔުލޭޓަރީ ބޮޑީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރުން އެދުނު އެދުން ކުރިއަށް ނުގެންދާ ކަމަށް ތޯރިގް ވިދާޅުވެފައި ވެއެވެ.

ތޯރިގް ވިދާޅުވީ މާލޭގެ ފަޅުން މަސްވެރިންނަށް ދިމާވާދަތިތަކަށް ހައްލުކޮށް މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް މިނިސްޓަރު ޝައިނީ މަސައްކަތް ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުން މާލީއްޔަތު ކޮމެޓީ އަށް ހުށަހަޅާފައިވާ ފިޝަރޯޒް މިނިސްޓްރީގެ ފާއިތުވެދިޔަ އަހަރުގެތަކުގެ އޮޑިޓްރީޕޯޓްތަކުގައި މާލީއްޔަތު ގަވާއިދާއި އަދި ބެސްޓްޕްރެކްޓިސްއާ ހިލާފަށް ހުރި ކަންކަން ރަނގަޅުކުރުމުންދާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ނުފެންނަ ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.

އެހެން ކަމުން ދިވެހިރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ މިނިސްޓަރު ޝައިނީ  މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ތޯރިގް ވިދާޅުވެފައި ވެއެވެ. 

މި ނޫން ވެސް ގިނަ ތުހުމަތުތަކެއް ތޯރިގް ވަނީ ޝައިނީ އަށް ކުރައްވާފައެވެ. ފޭސްބުކްގެ ސްޓެޓަސްއާ ބެހޭ ގޮތުން ރާއްޖެއެމްވީން ސުވާލުކުރުމަށް ތޯރިގް ވިދާޅުވީ "އެއީ ތެދު ޚަބަރެއް" ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 ޖޫން 2017 | އަންގާރަ 15:01
ދިހަހާސް ލިބޭ މަސްވެރިޔާ
އިރުކޮޅަކުން ހަތަރުފަރާތުން ފިއްތާލީމަބުނާނެ ފޭސްބުކް އައިޑީ ހެކްކޮށްގެން ބަޔަކު ކުރިކަމެކޭ. ދަރުބާރުފެކުސަނުގަ ގިނަވާނީ ކޮންމެވެސް ކަމެއްގަ މަޅިއެއް އެޅިފަ ތިބި މެމްބަރުން، އެހެންވެގެންތާ މީހުންމަރާ، ނާއިންސާފުން ޙުކުމްތައްކުރާއިރުވެސް ޙައްޤުބަސް ބުނަންނުކެރިފަ އެތިބެނީ ގައިމް ކޮންމެވެސްކަމެއްގަ މަޅިއެޅިފަތިބީމަދޯ، އިންތިހާބުކައިރިވީމަ އަނގަހުޅުވިޔަސް ރައްޔިތުން ޤަބޫލެއްނުކުރާނެ، ވަގުތުފާއިތުނުވަނީސް ރައްޔިތުންގެ ފަޅިއަށްއަރާ