ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 09:06
ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ފައިސަލް
ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ފައިސަލް
ސޯޝަލް މީޑިއާ
ނިޝާމާގެ މަރުގެ މައްސަލަ
ނިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ފައިސަލް މަރުވެއްޖެ
އޭނާ ވެންޓިލޭޓަރަށް ލާފައިވަނީ ސިކުނޑިއަށް އޮކްސިޖަން ފޯރުކޮށްނުދޭތީ
ފައިސަލް ދަންޖެހެން މަސައްކަތް ކޮށްފައިވަނީ ކުޅުދުއްފުށި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ

ހދ. ނޮޅިވަރަމު، 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، 32 އަހަރުގެ އަބޫބަކުރު ފައިސަލް މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އަބޫބަކުރު ފައިސަލް ހޯމަ ދުވަހުގެ ހެނދުނު 8:28 ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އދ ފެންފުށީ ރޯޒީ ވިލާ އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް މި މަރާއި ގުޅިގެން ތުހުމަތުތަކެއް ކުރެވުމާއި ގުޅިގެންނެވެ. އެގޮތުން މަރުވި އަންހެން މީހާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރުމާއި އެހެން ބައެއް ސަބަބުތަކާއި ހުރެ އޭނާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ އަށް ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ.

އޭގެ އިތުރުން، ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށް އޭނާ ކުށުދުއްފުށްޓަށް ގޮސްފައިވާ ކަމަށް މަރުވި އަންހެން މިހާގެ އާއިލާ އާއި ހަވާލާދީ އިތުބާރު ހުރި ގޮތަކަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާގެ ހަށިގަނޑުގައި ނޫފައިގެން ގޮސްފައި ހުރި ތަންތަން ހުރުމުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ. ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް