Advertisement
ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 11:57
ފެމިލީ ކޯޓް
ފެމިލީ ކޯޓް
އަވަސް
ފެމިލީ ކޯޓު ރިސެސް
ފެމިލީ ކޯޓު ރިސެސްއަށް، ކައިވެނިކޮށްދޭނެ
ރިސެސްގެ މުއްދަތުގައި މައްސަލަތައް ހިނގުން މަދު ކުރެވޭނެ
ޑިސެމްބަރު މަހުގެ 16ން ފެށިގެން، 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓު އޮންނާނީ ރިސެސްގައި

ފެމިލީ ކޯޓުވެސް ރިސެސްއަށް ގޮސްފިއެވެ.

ފެމިލީ ކޯޓުން ކުރި އިއުލާނެއްގައި ބުނީ، މިހިނގާ ޑިސެމްބަރު މަހުގެ 16ން ފެށިގެން، 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.

ރިސެސްގެ މުއްދަތުގައި މައްސަލަތައް ހިނގުން މަދު ކުރެވޭނެކަމަށް އެ ކޯޓުން މައުލޫމާތު ދެއެވެ.

Advertisement

އެހެންނަމަވެސް، ފޯމު ބަލައިގަތުމާއި، ކައިވެނި ކޮށްދިނުމާއި، އެނޫންވެސް އިދާރީ ކަންކަން މެދުނުކެނޑި ކުރިއަށްދާނެކަން ފެމިލީ ކޯޓުން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ރިސެސްގެ މުއްދަތުގެ ތެރޭގައި ކޯޓުގެ ގާޒީންނާއި މުވައްޒަފުންނަށް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާކަމަށްވެސް ފެމިލީ ކޯޓުން މައުލޫމާތުދެއެވެ.

މި ޑިސެމްބަރު މަހު ކްރިމިނަލް ކޯޓާއި ހައިކޯޓުވެސް ރިސެސްއަށް ގޮސްފައިވާއިރު، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 1 ގެ ނިޔަލަށް ސުޕްރީމްކޯޓުވެސް ވަނީ ރިސެސްއަށް ގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް