ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 07:19
ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އާޖެންޓީނާގެ ކޯޗު ސްކަލޯނީ
ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އާޖެންޓީނާގެ ކޯޗު ސްކަލޯނީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އާޖެންޓީނާ އޮތީ ފްރާންސް އެނގި މެޗަށް ފުރިހަމަ އަށް ތައްޔާރަށް: ސްކަލޯނީ
 
އޭނާ ބުނީ މެޗަށް ކުރިމަތިލާއިރު އާޖެންޓީނައިގައި ގޭމް ޕްލޭނެއް އޮތް ކަމަށް

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ނުކުންނައިރު އާޖެންޓީނާ އޮތީ މެޗަށް ފުރިހަމަ އަށް ތައްޔާރަަށް ކަމަށް އެޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

ސްކަލޯނީ މިހެން ބުނީ ފައިނަލް މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މެޗަށް ކުރިމަތިލާއިރު އާޖެންޓީނައިގައި ގޭމް ޕްލޭނެއް އޮތް ކަމަށެވެ. އަދި ފްރާންސް ޓީމާ ދެކޮޅަށް އެޓޭކް ކުރަން ޖެހޭ ގޮތް ވެސް އެނގޭ ކަމަށާއި، ފްރާންސް ޓީމުގެ ވަރުގަދަކަން ވެސް އެނގޭ ކަމަށެވެ. ސްކަލޯނީ ބުނީ މެޗަށް ކުރިމަތިލާނީ އެކަންކަމާ ދެކޮޅަށް ކުޅޭނެ ޕްލޭނާއެކު ކަމަށެވެ. އޭނާ ބުނީ ކުއާޓާ ފައިނަލްގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީ އަށް ދިޔަ ގޮތަށް ފައިނަލް މެޗު ކާމިޔާބު ކުރަން ބޭނުންވަނީ ޕެނަލްޓީ އަށް ނުގޮސް ކަމަށެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ ހުރިހާ ވެސް ކަމަކީ އެންމެން އެކުވެގެން ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް ކަމަށާއި، ފްރާންސް ޓީމަކީ ހަމައެކަނި ކީލިއަން އެމްބާޕޭ ނޫން ކަމަށެވެ. އެގޮތުން އެމްބާޕޭ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި، ފްރާންސް ޓީމުގައި މޮޅެތި އެހެން ކުޅުންތެރިން ވެސް ތިބި ކަމަށެވެ. އަދި އެމްބާޕޭ އަކީ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، އެމްބާޕޭ އަކީ ޒުވާން ކުޅުންތެރިޔެއް ކަމަށާއި، އެމްބާޕޭ އެކަން ސާބިތުކޮށްދިނުމުގައި ދެމި ހުންނާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

ހަމައެއާއެކު ސްކަލޯނީ ބުނީ ފައިނަލް މެޗަކީ އާޖެންޓީނާ އާއި ފްރާންސްގެ ކުރިމަތިލުމެއް ކަމަށެވެ. ނަމަވެސް އެއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެމްބާޕޭގެ ކުރިމަތިލުމެއް ނޫން ކަމަށެވެ. އަދި އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ދެ ޓީމުގައި މެޗު ކަނޑައަޅާނެ ވަރުގަދަ ހަތިޔާރު އޮތް ކަމަށާއި، މެޗު ކަނޑައަޅާނީ އެ ދެ ކުޅުންތެރިން އެކަނި ނޫން ކަމަށެވެ. އާޖެންޓީނާ ޓީމަށް ބަލާއިރު ކެޕްޓަން މެސީ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އުއްމީދަކީ މެސީ އެގޮތުގައި ހުރެ މުބާރާތް ނިންމާލުން ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާ އާއި ފްރާންސް ބައްދަލު ކުރާ މެޗުގައި ގޮތެއް ނިންމާނީ މުޅި ޓީމުގެ ކުޅުންތެރިން ދައްކާ ކުޅުމެއްގެ މައްޗަށް ކަމަށެވެ.

ފައިނަލް މެޗަކީ އާޖެންޓީނާ އާއި ފްރާންސްގެ ކުރިމަތިލުމެއް، މެސީ އާއި އެމްބާޕޭގެ ކުރިމަތިލުމެއް ނޫން.
ލިއޮނަލް ސްކަލޯނީ

ސްކަލޯނީ ބުނީ މި މެޗަކީ ވޯލްޑް ކަޕްގައި މެސީގެ ފަހު މެޗަށްވެދާނެ ކަމަށް އޭނާ ބުނެފައިވާތީ، ހުރިހާ ވެސް އުންމީދަކީ މުބާރާތް ކާމިޔާބުކޮށް، ތަށި ހޯދުން ކަމަށެވެ. އޭނާ ބުނީ އެކަމަށް ވޯލްޑް ކަޕްގެ ފައިނަލަކަށް ވުރެ ވަކި ޚާއްސަ އެހެން ވަގުތެއް ނޯންނާނެ ކަމަށެވެ.

މުބާރާތުގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލު ކުރާ ފައިނަލް މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
50%
0%
0%
0%
ކޮމެންޓް