ކ. މާލެ
|
17 ޑިސެންބަރ 2022 | ހޮނިހިރު 17:19
ގުޅީފަޅުގެ އެކޮމެޑޭޝަން ބްލޮކެއްގައި އަލިފާން ރޯވުން
ގުޅީފަޅުގެ އެކޮމެޑޭޝަން ބްލޮކެއްގައި އަލިފާން ރޯވުން
އެމްވީކްރައިސިސް
ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާ
އެފްކޮންސް އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާ: އެކަކު ގެއްލިގެން ހޯދަނީ
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ދަންވަރު 00:31 ހާއިރު
އަލިފާން ނިއްވާލެވިފައިވަނީ 01:52 ހާއިރު

ގުޅީފަޅުގައި ހުންނަ, ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކްގައި އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެފްކޮންސްގެ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ މީހާ ފެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ މީހާ ނުފެނިގެން ރިޕޯޓްކުރުމުން، ހާދިސާ ހިނގި އިމާރާތާއި އެ އިމާރާތުގެ ވަށައިގެންވާ ސަރަހައްދު އިތުރަށް ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި ހާލުގައި ޖެހުނު މުވައްޒަފުންނަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައެވެ. ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ ހުޅުމާލޭގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކާއި، ގުޅީފަޅުގައި ހުންނަ ބްލޮކެއްގައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން އެޗްޑީސީއާ ގުޅިގެން އެތަނުން އިތުރު ސަރަހައްދަކުން އެކޮމޮޑޭޝަނަށް ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ދަންވަރު 00:31 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރްއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް އެ އިދާރާއިން ބުނެއެވެ. ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެކޮމޮޑޭޝަން ބްލޮކްވަނީ އެއްކޮށް އަނދައިހުލިވެފައެވެ. މި ހާދިސާއާ ގުޅިގެން 13 މީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށާއި، 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައެއް ނުވެއެވެ.

މި އެކޮމޮޑޭޝަން ބްލޮކްގައި 465 މީހުން ދިރިއުޅޭކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

- ކޮމެންޓް