ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 09:44
އެޕްރީލްގައި ސީރިޔާގައި ދިން ކެމިކަލް ހަަމަލާއާ ގުޅިގެން ކުއްޖަކަށް ފަރުވާ ދެނީ
އެޕްރީލްގައި ސީރިޔާގައި ދިން ކެމިކަލް ހަަމަލާއާ ގުޅިގެން ކުއްޖަކަށް ފަރުވާ ދެނީ
އެސްބީއެސް
އެމެރިކާ-ސީރިޔާ
ސީރިޔާގައި އަނެއްކާ ވެސް ކެމިކަލް ހަމަލާއެއް ދޭން "ތައްޔާރުވަމުންދާ" ކަން އެނގިއްޖެ: އެމެރިކާ
ބައިނަލްއަގްވާމީ މުޖުތަމައު އިން ބުނަމުން ދަނީ އެ ހަމަލާ ދިނީ އަސަދުގެ ސަރުކާރުން ކަމަށް

ސީރިޔާގައި އަނެއްކާ ވެސް ކެމިކަލް ހަމަލާއެއް ދޭން "ތައްޔާރުވަމުންދާ" ކަން އެނގިފައިވާ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ އެޕްރިލްގައި ކެމިކަލް ހަަމަލާ ދިނުމުގެ ކުރިން ހިނގައި ދިޔަ ކަންކަން މިހާރު ހިނގަމުންދާ ކަމަށާއި، ކެމިކަލް ހަަމަލާއެއް ދީފި ނަމަ ސީރިޔާގެ ރައީސް ބާއްޝާރު އަލް އަސަދު "ދައްކަން ޖެހޭ އަގު" ވަރަށް ބޮޑުވާނެ ކަމަށެވެ.

އެމެރިކާ އިން ސީރިޔާ ސަރުކާރަށް އިންޒާރު ދީ ނެރުނު ބަޔާނުގައި ބުނީ އެމެރިކާ އިން ސީރިޔާ ގައި ހަރަކާތްތެރިވަމުން ދަނީ އިސްލާމިކް ސްޓޭޭޓް (އައިއެސް) ނައްތާލުމުގެ ބޭނުމުގައި ކަމަށާއި ބައްޝާ އަލް އަސަދުގެ ސަރުކާރުން އަނެއްކާވެސް ކެމިކަލް ހަމަލާއެއް ދިފި ނަމަ އަސަދާއި އޭނާގެ އަސްކަރިއްޔާ އިން "ވަރަށް ބޮޑު އަގެއް" ދައްކަން ޖެހޭނެ ކަމަށެވެ.

ސީރިޔާގެ އިދްލީބަށް އޭޕްރީލް ކުރީކޮޅު ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން މަދުވެގެން 80 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދޭންޖެހުނެވެ. މިހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުއިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ. 

އޭޕްރީލް މަހު ސީރިޔާ އަށް ދެވުނު ކެމިކަލް ހަމަލާ އާއި ގުޅިގެން ސީރިޔާ ސަރުކާރަށް އަޅާ އާންމުވެގެންވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސީރިޔާ ސަރުކާރުގެ އެޖެންސީއެއްގެ 271 މުވައްޒަފަކަށް އެމެެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. މީގެ އިތުރުން އެޕްރިލްގައި ދިން ކެމިކަލް ހަަމަލާއާ ގުޅިގެން އެމެރިކާ އިން ވަނީ ސީރިޔާގެ ވައިގެ ބޭސްއަކަށް ހަމަލާ ވެސް ދީފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް