ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 08:48
ސިޓީ އަށް ކުޅެމުން އަންނަ ސާޖިއޯ އަގުއެރޯ
ސިޓީ އަށް ކުޅެމުން އަންނަ ސާޖިއޯ އަގުއެރޯ
ޓްވިޓަރ
ސާޖިއޯ އަގުއެރޯ
އަގުއެރޯ ސިޓީ ދޫކޮށްލަން ނޫޅޭ، އޭނާ ކްލަބުގައި މަޑުކުރާނެ: އެޖެންޓް
ޗެލްސީ އަދި ރެއާލް އިންވެސް އަގުއެރޯ ހޯދުމަށް އަންނަނީ މަސައްކަތްކުރަމުން

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސާޖިއޯ އަގުއެރޯ އެ ކްލަބް ދޫކޮށްލަން ނޫޅޭ ކަމަށާއި، އޭނާ އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެޖެންޓް ހާނަން ރެގުއެރާ ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ހާނަން ބުނީ ކުރިޔަށް އޮތް ސީޒަނުގައި ވެސް އަގުއެރޯ ފެނިގެންދާނީ ސިޓީން ކަމަށާއި، އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުން އޭނާ ނުގެންގުޅޭ ކަމަށެވެ.

ރެއާލް މެޑްރިޑް އަދި އާސެނަލް އިން އަގުއެރޯ ހޯދުމަށް މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނާއިރު، އެޖެންޓް ބުނީ އަގުއެރޯ ހޯދުމަށް ވެސް މިހާތަނަށް އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަގުއެރޯ އާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފައެވެ. އެގޮތުން މި ޓްރާންސްފާ ބާޒާރުގައި އޭނާ ބޭނުންވަނީ ސިޓީ ދޫކޮށްލަން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރެއާލް އިންވެސް ހޯދުމަށް މަސައްކަތްކުރަމުން އަންނަ އަގުއެރޯ ހޯދުމަށް ޗެލްސީން ވަނީ 75 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައެވެ. އެހެންނަމަވެސް މި ރިޕޯޓްތަކާ ގުޅިގެން އަގުއެރޯ އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.

މެންޗެސްޓަރ ސިޓީއާ 2006 ވަނަ އަހަރު ގުޅުނު އަގުއެރޯ ވަނީ އެ ކްލަބާ އެކު މިހާތަނަށް ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 253 މެޗުގައި 169 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެފަހަރު ފުޓުބޯޅަ ލީގު ކަޕް ދެ އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ވެސް 80 އަށްވުރެ ގިނަ މެޗު ކުޅެދީ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން އޭނާ ވަނީ އެޓީމަށް އެކު 2008 ވަނަ އޮލިމްޕިކް ރަން މެޑަލް، ފީފާ 20 އަހަރުން ދަށުގެ ވާރލްޑްކަޕް ދެފަހަރު އަދި ވާރލްޑްކަޕްގެ ދެވަނަ އެއްފަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް