ކ. މާލެ
|
16 ޑިސެންބަރ 2022 | ހުކުރު 16:09
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރައީސް އޮފީސް
ރިޟްވާންގެ މަރު
ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް
 
ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދިޔަ ފަރާތްތަކަށް ކުރިމަތިކުރުވަމުން ގެންދިޔަ ކަންކަމުގެ މައްޗަށް ފުލުހުންގެ އިންޓެލިޖެންސުން ތައްޔާރުކޮށްފައި އޮތް ރިޕޯޓްތައް ހުރި ކަމަށް ވެސް ފާހަގަކުރެވުނު
 
ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް އައިސްފައިވާކަން ފާހަގަކުރެވުނު

ރިޟްވާން މަރާލުމާ ހަމައަށް ދިޔައިރު ފުލުހުންނަށް އެކަން އެނގި ތިބިކަމާއި އެކަމަކީ ހުއްޓުވެން އޮތްކަމެއް ކަމަށް ފާހަގަކުރެވުނު ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފިއެވެ.

މިކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން ރިޟްވާން އަބްދުﷲ މަރާލުމާ ހަމައަށް ސިކުއެންސެއްގެ ގޮތަށް ކަންކަން ހިނގަމުން އައި ކަމަށެވެ. އަދި އެކަންކަން ނުހުއްޓުވި އެހިސާބަށް އައުމުން ހިނގާފައި ހުރި ބައިވަރު ކަންތައްތައް ހުރި ކަމަށާއި، ރިޟްވާން މަރާލުމުގެ އިތުރުން ބައިވަރު ކަންތައްތައް ފާހަގަކުރެވިފައި އެބަހުރި ކަމަށެވެ.

2014 ވަނަ އަހަރާ ހަމައަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން ދިޔަ އެކިއެކި ފަރާތްތަކަށް، މާލޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުންނާއި ގޭންގުތަކަށް ނިސްބަތްވާ މީހުން ގްރޫއްޕެއް ހަދައިގެން ނުކުމެ އެފަރާތްތައް އިންޓިމިޑޭޓްކޮށް އެފަރާތްތަކަށް އިންޒާރުދީ އެފަރާތްތައް ބޭނުންކުރަމުން ދިޔަ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްވޯޑްތައް އަތުލައި، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތަށް އެކްސެސްވެ ކަންތައްތަކެއް ހިންގަމުންދިޔަ ކަމަށް މިސްބާހު ވިދާޅުވިއެވެ.

މީގެ އިތުރުން މި ކަންތައްތައް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ އަހުމަދު އިސްމާއިލް އާއި އަހުމަދު މުއާޒު ކަމަށާއި، އެމީހުންގެ ޓާގެޓަކަށް ރިޟްވާން ވެފައި އޮތްކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށް މިސްބާހު ވިދާޅުވިއެވެ. އަދި މިކަން ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް އައިސްފައިވާކަން ފާހަގަކުރެވުނު ކަމަށާއި، އެގޮތުން ރިޟްވާން މަރާލުމުގެ ކުރިން އޭނާއަށް ނުރައްކާ އޮތްކަން ގަބޫލުކޮށްގެން ފުލުހުންގެ ފަރާތުން އޭނާގެ ފޯނު, ކޯޓު އަމުރެއްގެ ދަށުން ގެންދެވުނު ކަމަށް ވެސް މިސްބާހު ވިދާޅުވިއެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދިޔަ ފަރާތްތަކަށް ކުރިމަތިކުރުވަމުން ގެންދިޔަ ކަންކަމުގެ މައްޗަށް ފުލުހުންގެ އިންޓެލިޖެންސުން ތައްޔާރުކޮށްފައި އޮތް ރިޕޯޓްތައް ހުރި ކަމަށް ވެސް ފާހަގަކުރެވުނު ކަމަށް މިސްބާހު ވިދާޅުވިއެވެ.

މީގެ އެއް ލިޔުމުގައި އެއިރު ފުލުހުންގެ އިސްވެރިއަކަށް ހުރި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަބީބު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރެކޮމެންޑް ކުރުމަށްފަހު، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް ފޮނުވާފައިވޭ. ފާހަގަކުރެވޭ ކަމަކީ އެހިސާބަށް ކަންތައްތައް އައިސް ރިޟްވާން މަރާލުމާ ހަމައަށް ދިޔައިރު ފުލުހުންނަށް އެކަން އެނގި ތިބިކަމާއި އެކަމަކީ ހުއްޓުވެން އޮތްކަމެއް ކަމަށް ފާހަގަކުރެވުނު. ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި ފަރާތްތަކަށް އިންޒާރުދީ ބިރުދައްކަމުން ދިޔަ އިރު، ރިޟްވާން މަރާލުމުގެ ކުރިން އެ ހިންގި ކަންތައްތަކުގެ ތެރޭގައި އެންމެންނަށް ވެސް އެމީހުން ކަނޑުފައްތާ މަރާލާނެކަން ދޭހަވާ ގޮތަށް އެމީހުންނާ މުހާތަބުކޮށް ވާހަކަދައްކާ ބިރު ދައްކާފައި އެބަހުރި. ރިޟްވާން މަރާލުމަށްފަހު މި ގްރޫއްޕުން ބިރު ދައްކަ އަނިޔާ ކުރަމުން ދިޔަ ފަރާތްތަކަށް ވިކްޓަމައިޒް ކުރި ފަރާތްތަކަށް އެބަހުރި ބުނެފައި ރިޟްވާނަށް ހެދިގޮތަށް ހަދާލާނެކަމަށް ބުނެފައި.
ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް

މިސްބާހު ވިދާޅުވީ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގޮސް މަރާލާފައިވާ މައްސަލައާއި ގުޅިގެން ތަހުގީގަށް ސަރުކާރުގެ ބައެއް އިސްވެރިންގެ ބައިވެރިވުން އޮތްކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ރިޟްވާން ކާރަށް އަރުވައިގެން ގޮސް މަރާލާފައިވާ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތައް ބަންދުން ދޫކޮށްލަން ސަރުކާރުގެ އިސްވެރިން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި އެ އަމަލު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކާއި، ސަރުކާރުގެ އެންމެ އިސްވެރިންނާއި ގާތްގުޅުންތަކެއް އޮތްކަން ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށާއި، އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ މުހައްމަދު މުނާޒު ސީރިއާއަށް ފުރުމުގެ ކުރިން އެއިރުގެ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް ރިޟްވާން ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރި ގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މިސްބާހު ވިދާޅުވިއެވެ.

އަދި އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ ރައީސް ޔާމީންގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް ތަހުގީގަށް އެނގިފައިވާ ކަމަށާއި، މި މައުލޫމާތު ކޮމިޝަނާއި ހިއްސާކޮށްފައިވަނީ މުނާޒާއި ވަރަށް ގާތް އަދި މުނާޒު ސީރިއާގައި ހުރެގެން އެމީހުންނާއި ބައިވެރިވެ ސީރިއާއަށް ހަނގުރާމައަށްދާން ރެކްރޫޓްކުރަން އުޅުނު ފަރާތެއް ކަމަށް މިސްބާހު ވިދާޅުވިއެވެ.

ކޮމެންޓް